ކ. މާލެ
|
4 އޮކްޓޯބަރ 2022 | އަންގާރަ 20:48
ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާއި އޭޖީ އޮފީހުން ބައްދަލުކުރުން
ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާއި އޭޖީ އޮފީހުން ބައްދަލުކުރުން
އޭޖީ އޮފީސް
ޖޭއެސްސީ އެކުލެވިގެންވާ ގޮތް
ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާއި އޭޖީ އޮފީހުން ބައްދަލުކޮށްފި
މިއީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދު
ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖައާކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން އަންގާރަ ދުވަހު ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާ އެޓާނީ ޖެނެރަލްގެ އޮފީހުން ބައްދަލުކޮށްފިއެވެ.

އެޓަރނީޖެނެރަލްގެ އޮފީހުން ވަނީ މި މަސައްކަތުގެ ދަށުން އާދިއްތަ ދުވަހު ޖޭއެސްސީއާއި ސުޕްރީމް ކޯޓާވެސް ބައްދަލު ކޮށްފައެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖައާކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެ އޮފީހުން ބުނީ، ގާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ.

އަދި ބިލު އެކުލަވާލުމުގެ މަސައްކަތަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދަށު ކޯޓުތަކާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް މިހާރު ވަނީ ފަށާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތް މުރާޖައާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދެވެ.

- ކޮމެންޓް