ކ. މާލެ
|
4 އޮކްޓޯބަރ 2022 | އަންގާރަ 12:34
އީރާނުގެ މަހްސާ އާމިނީގެ މަރުގެ މައްސަލައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ކުރިއަށްދޭ
އީރާނުގެ މަހްސާ އާމިނީގެ މަރުގެ މައްސަލައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ކުރިއަށްދޭ
ރޮއިޓާސް
މަހްސާ އަމީނީގެ މަރު
މަހްސާ އަމީނީގެ މަރާއި ގުޅިގެން ކެނެޑާއިން އިރާނާމެދު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި
އިރާނުގެ 25 ފަރުދަކާއި، 9 އިދާރާއަކަށް ވަނީ ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި
މަހްސާ މަރުވެފައިވަނީ ބުރުގާ އަޅާފައި ހުރިގޮތް ރަނގަޅު ނޫންކަމަށް ބުނެ ގެންދިޔަ ފަހުން

އުމުރުން 22 އަހަރުގެ މަހްސާ އަމީނީގެ މަރާއި ގުޅިގެން ކެނެޑާއިން އިރާނާމެދު ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

މަހްސާގެ މަރާއި ގުޅިގެން އިރާނުގައި މުޒާހަރާތައް ހޫނުވެ، އެކި ޤައުމުތަކުން އެކަން ކުށްވެރި ކުރަމުންދާއިރު، މަހްސާ މަރުވެފައިވަނީ ބުރުގާ އަޅާފައި ހުރިގޮތް ރަނގަޅު ނޫންކަމަށް ބުނެ، އިރާންގެ "މޯރަލިޓީ" ފުލުހުން އޭނާ "ރީ-އެޑިއުކޭޝަން" ސެންޓަރަށް ގެންދިޔަ ފަހުންނެވެ.

އެއީ އޭނާއަށް ބުރުގާ އަޅައި އައުރަ ނިވާ ކުރާނެ ގޮތް ކިޔައިދިނުމަށްކަމަށް ބުނެއެވެ.

ސެޕްޓެމްބަރު މަހުހެ 16 ވަނަ ދުވަހު، ކުއްލިގޮތަކަށް މަހްސާ މަރުވުމާއެކު އޭނާ މަރުވީ ފުލުހުން އޭނާއަށް ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް މަހްސާގެ އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. މަހްސާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާގެ އާއިލާއިން ވަނީ ހޮސްޕިޓަލާ ހަވާލީ އޭނާގެ ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ބުނެފައެވެ.

އަދި މަހްސާ މަރުވެފައި ވަނީ އޭނާއަށް ފުލުހުން ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް އޭނާގެ އާއިލާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ކެނެޑާއިން އިރާނާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅަށް ބަލާއިރު، އިރާނުގެ 25 ފަރުދަކާއި، 9 އިދާރާއަކަށް ވަނީ ދަތި ކުރުމުގެ ފިޔަވަޅު އަޅާފައެވެ. އޭގެ ތެރޭގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އޮފިޝަލުންނާއި، މިނިސްޓްރީ އޮފް އިންޓެލިޖެންސް އެންޑް ސެކިއުރިޓީގެ އޮފިޝަލުން ހިމެނެއެވެ.

- ކޮމެންޓް