ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 23:11
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
މޯލްޑިވްސް ޓޫރިޒަމް އެވޯޑް
މޯލްޑިވްސް ޓޫރިޒަމް އެވޯޑް ލޯންޗުކޮށް، 27 ފަރާތަކަށް އެވޯޑްތައް ދީފި
ބެސްޓް ރިސޯޓް އެވޯޑް ލިބުނީ ވަން އެންޑް އޮންލީ ރީތީރަށަށް

މޯލްޑިވްސް ޓޫރިޒަމް އެވޯޑް ލޯންޗުކޮށް، 27 ފަރާތަކަށް އެވޯޑްތައް ހަވާލުކޮށްފިއެވެ.

އެވޯޑްތައް ހަވާލުކޮށްފައިވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.

މި ޖަލްސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވާފައިވާއިރު އެމަނިކުފާނު ވަނީ 6 އެވޯޑެއް ހަވާލުކޮށްދެއްވާފައެވެ.

ރައީސް ހަވާލުކޮށްދެއްވި އެވޯޑްތައް:

  1. ބެސްޓް ރިސޯޓް: ވަން އެންޑް އޮންލީ ރީތީރަށް
  2. ބެސްޓް ގެސްޓްހައުސް: ސަބާ ސަމަރ ސުއިޓް
  3. ބެސްޓް ސަފާރީ ވެސަލް: ގުރަހަލި ސަފާރީ ބޯޓް
  4. ބެސްޓް ޓްރެވެލް އެޖެންސީ: އިންޓުއަރ މޯލްޑިވްސް
  5. ބެސްޓް ވޯޓަރ ސްޕޯޓް ސެންޓަރ: އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑް
  6. ބެސްޓް ޑައިވް ސެންޓަރ: ރަސްދޫ ޑައިވާރސް ކުރަމަތި

މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމްއާއި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޖަލްސާގައި ޖަލްސާގައި ނައިބު ރައީސް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ 21 ފަރާތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

ނައިބުރައީސް އެވޯޑް ހަވާލުކޮށްދެއްވި ބައެއް ފަރާތްތައް:

  1. ޕްރޮމޯޓިންގ ލޯކަލް ޑީޖޭ: ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
  2. ޕްރޮމޯޓިންގ ލޯކަލް މިއުޒީޝަން: ހާރޑްރޮކް ހޮޓެލް މޯލްޑިވްސް
  3. ޕްރޮމޯޓިންގ ލޯކަލް ޕާރފޯމާރސް: ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ
  4. ޕްރޮމޯޓިންގ ލޯކަލް ޕާރފޯމާރސް: ރީތިބީޗް ރިސޯޓް
  5. ޔޫޓިލައިޒޭޝަން ލޯކަލް ޕްރޮޑަކްޓް: ސްޓޭންޑާރޑް ހުރަވަޅި މޯލްޑިވްސް
  6. ބެސްޓް ސްޓާފް އެކޮމޮޑޭޝަން: ޖޯލި މުރަވަންދޫ
  7. ބެސްޓް ސްޓާފް ޑައިނިންގ: ކުރުނބާ މޯލްޑިވްސް
  8. އެންޕްލޯއީ ހެލްތް ކެއަރ އަދި އެކްސެލެންސް އިން ސްޓާފް ރިކްރިއޭޝަން – ވަން އެންޑް އޮންލީ ރީތިރަށް
  9. ހަޔަސްޓް ނަންބަރ ފީމޭލް އެންޕްލޯއީ – ޖޯލި މޯލްޑިވްސް
  10. އެންމެ ގިނަ ދިވެހި މުވައްޒަފުން އުޅޭ ރިސޯޓް – ބަނޑޮސް މޯލްޑިވްސް
  11. ސޭފަސްޓް ވޯކްފްލޭސް – ސައިލެގޫން ކްރޮސްރޯޑް
  12. ކެރިއަރ ޑިވެލޮޕްމަންޓް – ކޮންސްޓެންޓް ހަލަވެލި
  13. ބެސްޓް ސްޓާފް ޑައިނިންގ އެކްސްޕީރިއަންސް، އެންޕްލޯއީ ހެލްތް ކެއަރ އަދި އެކްސެލެންސް ސްޓާފް ރިކްރިއޭޝަން: ސަމަރ ސުއިޓް
  14. ހަޔަސްޓް މޯލްޑިވިއަން އެންޕްލޯޔަރސް: އައިލެންޑް ލަގްޒަރީ ފުޅަދޫ
  15. ސޭފަސްޓް ވޯކްޕްލޭސް – އިތާދިގުރަށް
  16. ބެސްޓް ސްޓާފް ޑައިނިންގ އެކްސްޕީރިއަންސް - މޯލްޑިވްސް އެކްސްޕްލޯރަރ
  17. ސޭފަސްޓް ވޯކްޕްލޭސް – ގުރަހަލި ސަފާރީ ބޯޓް

27 ފަރާތަކަށް މިނިސްޓްރީން އެވޯޑް ހަވާލުކޮށްފައިވާއިރު މި ސަރުކާރުން ނޫން އެހެން ސަރުކާރަކުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށްފައިނުވާ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް