ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 11:09
އިޓާލިއަން ލީގުގެ ތެރެއިން
އިޓާލިއަން ލީގުގެ ތެރެއިން
ޓްވިޓަރ
އިޓާލިއަން ލީގު
އިންޓަ ބަލިކޮށް ރޯމާ ފަސް ވަނައަށް
އިންޓަގެ ދަނޑުގައި ކުޅުނު މެޗު ރޯމާ އިން ކާމިޔާބުކުރީ އިންޓައިން ލަނޑު ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން

އިޓާލިއަން ލީގުގައި އިންޓަ މިލާން ބަލިކޮށް ރޯމާ އިން ފަސް ވަނަ މަގާމަށް ޖެހިލައިފިއެވެ.

އިންޓަގެ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗު ރޯމާ އިން ކާމިޔާބުކުރީ އިންޓައިން ލަނޑު ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. ރޯމާ އިން މެޗު ކާމިޔާބުކުރީ 2-1 އިންނެވެ.

މެޗުގެ 11 ވަނަ މިނެޓުގައި އިންޓަގެ އެޑިން ޒެކޯ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ނިންމީ ލަނޑު ބަަލައި ނުގަތުމަށެވެ. ނަމަވެސް، 30 ވަނަ މިނެޓުގައި ފެޑެރީކޯ ޑިމާކޯ ވަނީ ލަނޑެއް ޖަހައި އިންޓަ އަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕައުލޯ ޑިބާލާއެވެ. އެއީ 39 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑެކެވެ. ރޯމާ މޮޅުކޮށްދިން ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ޖެހީ ކްރިސް ސްމޯލިންއެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 16 ޕޮއިންޓު ހޯދައިގެން ރޯމާ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގައެވެ. މެޗުން ބަލިވި އިންޓަ އޮތީ 12 ޕޮއިންޓާއެކު ހަތް ވަނައިގައެވެ.

- ކޮމެންޓް