ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 10:55
އިޓާލިއަން ލީގުގެ ތެރެއިން
އިޓާލިއަން ލީގުގެ ތެރެއިން
ޓްވިޓަރ
އިޓާލިއަން ލީގު
ޓޮރިނޯ ބަލިކޮށް ނަޕޯލީ އެެއްވަނައިގައި
ހޮނިހިރު ދުވަހުގެ ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-3 އިން

އިޓާލިއަން ލީގުގައި ޓޮރިނޯ ބަލިކޮށް ނަޕޯލީން އެއް ވަނަ މަގާމުގައި ހަމަޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗު އެ ޓީމުން ކާމިޔާބުކުރީ 1-3 އިންނެވެ.

މެޗުގެ ހަތަރު ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. ނަޕޯލީގެ ފުރަތަމަ ލަނޑު މެޗުގެ ހަ ވަނަ މިނެޓުގައި ޖެހީ ޒަމްބޯ އަންގީސާއެވެ. އޭގެ ފަހުން މެޗުގެ 12 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ނަޕޯލީ އަށް ލީޑު ފުޅާކޮށްދީފައެވެ. ނަޕޯލީގެ ތިން ވަނަ ލަނޑު 37 ވަނަ މިނެޓުގައި ޖެހީ ކްވިޗާ ކްރަވަޝްކޭލިއާއެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޓޮރިނޯގެ ހަމައެކަނި ލަނޑު ޖެހީ އެންޓޯނިއޯ ސަނާބްރިއާއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އޭސީ މިލާނުން ވަނީ އެމްޕޮލީ ބަލިކޮށްފައެވެ. އެމްޕޮލީގެ ދަނޑުގައި ކުޅުނު މެޗު މިލާނުން ކާމިޔާބުކުރީ 3-1 އިންނެވެ. މެޗުގެ ހަތަރު ލަނޑު ވެސް ފެނުނީ ދެ ވަނަ ހާފުގައެވެ. 75 ވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ އަންޓޭ ރެބިޗްއެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ނަދިމް ބެޔްރާމީ ވަނީ ލަނޑެއް ޖަަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެމްޕޮލީ ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް މިލާނުން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. އެއީ ފޯޑް ބަލޯ ޓޯރޭ އާއި ރަަފައެލް ލެއާއޯ ޖެހި ލަނޑުންނެވެ.

އިޓާލިއަން ލީގުގެ އެއް ވަަނައިގައި ނަޕޯލީ އޮތީ އަށް މެޗުން 20 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓާއެކު އެޓަލަންޓާއެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނަށް ވެސް ލިބެނީ އަށް މެޗުން 17 ޕޮއިންޓެވެ.

- ކޮމެންޓް