Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2022 | ހޮނިހިރު 13:28
މޫސުން ގޯސް ދުވަހެއްގައި ކަނޑުދަތުރުކުރަނީ
މޫސުން ގޯސް ދުވަހެއްގައި ކަނޑުދަތުރުކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލަރޓް
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ
ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައި

ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހޮނިހިރު ދުވަހުގެ މެންދުރު 1ން ފެށިގެން ހަވީރު 5 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވާކަމަށެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

Advertisement

މީގެއިތުރުން، އާދިއްތަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެއެވެ. ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް