ކ. މާލެ
|
21 ޖޫން 2017 | ބުދަ 02:56
ތުރުކީ އަލް ބިނާލީ
ތުރުކީ އަލް ބިނާލީ
އަލްޖަޒީރާ
އެމެރިކާ
އައިސިސްގެ އިސް އިމާމްކަމަށް ބުނާ ތުރުކީ އަލް ބިނާލީ މަރާލެވިއްޖެ: އެމެރިކާ
އޭނާ މަރާލީ މޭ މަހުގެ ފަހުކޮޅު

ހަނގުރާމަވެރި އައިސިސް ޖަމާޢަތުގެ އިސް އިމާމް ކަމަށް އަމިއްލައަށް ބުނާ ތުރުކީ އަލް ބިނާލީ މަރާލެވިއްޖެކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ޕެންޓަގަންއިން ބުނީ އެޤައުމު އިސްވެ އޮވެ އުފައްދާފައިވާ ގުޅިފައިވާ އަސްކަރީ ފައުޖުން އޭނާ މަރާލީ މިދިޔަ މެއި މަހުގެ ފަހުކޮޅު ސީރިޔާގެ މަޔަދިންއަށް ދިން ހަމަލާތަކެއްގައި ކަމަށާ، ތުރުކީ އަލް ބިނާލީ މަރާލެވިފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

މެއި 31 ވަނަ ދުވަހު ދިން ވައިގެ ހަމަލާގައި ބިނާލީ މަރާލެވިފައިވާ ކަމަށް ޖެހިގެން އައި ދުވަހު އެމެރިކާއިން ބުނެފައިވާއިރު ގުޅިފައިވާ ފައުޖުން އެކަން ރަސްމީކޮށް ޔަޤީންކޮށްދީފައިވަނީ އަންގާރަ ދުވަހުއެވެ.

ބަޚްރެއިނަށް އުފަން ބިނާލީ އަކީ އައިސިސްގެ އިސް އިމާމުކަމަށް، ނުވަތަ އެންމެ މަތީ މުފްތީކަމަށް ކަނޑައަޅާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ޓެރަރިސްޓް ހަނގުރާމަވެރިން އުފެއްދުމާއި ދުނިޔޭގެ އެކިހިސާބުތަކަށް ދެމުންދާ ޓެރަރިސްޓް ހަމަލާތައް ރޭވުމުގެ މައި ކޮންޓްރޯލް އޮންނަ އެކަކު ކަމަށް އެމެރިކާއިން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް