ރާއްޖޭގައި ކުރިއަށް ގެންދިޔަ ސާބާ ވިމެންސް ބާސްކެޓް ބޯޅަ މުބާރާތުގެ ލޯ މެޑަލް ރާއްޖެއިން ދެވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
ރާއްޖެއިން މުބާރާތުގެ ތިންވަނަ ހާސިލްކުރީ ފަހު މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ބޫޓާން ބަލިކޮށްގެންނެވެ. ރާއްޖެއިން މެޗު ކާމިޔާބުކުރީ 86-34ންނެވެ. މިއީ ރާއްޖެއިން މި މުބާރާތުގެ ލޯ މެޑަލް ހޯދި ދެވަނަ ފަހަރެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ލޯ މެޑަލްވެސް ރާއްޖެއިން ވަނީ ކާޏިޔާބުކޮށްފައެވެ.
މުބާރާތުގެ ލޯ މެޑަލް ރާއްޖެއަށް ލިބެން އޮތީ ފަހު މެޗުގައި ބޫޓަން ބަލިކޮށްގެންނެވެ. އޭރުވެސް ލަންކާއިން އޮތީ ރާއްޖެ ބަލިކޮށް މުބާރާތުގެ ރަން މެޑަލް ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަނުންނަކީވެސް ލަންކާއެވެ. ހަތަރު ޓީމު ބައިވެރިވި މުބާރާތުގެ ރިހި މެޑަލް ހޯދީ ނޭޕާލްއެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ވަނީ ފުރަތަމަ މެޗުން ނޭޕާލް ބަލިކޮށް ދެވަނަ މެޗުގައި ލަންކާ އަތުން ބަލިވެފައެވެ. ރަން މެޑަލް އާއި ރިހި މެޑަލްގެ ފުރުސަތު ރާއްޖެއަށް ގެއްލުނީ ލަންކާ އަތުން ބަލިވުމުންނެވެ. މިފަހަރުގެ މުބާރާތަށް ރާއްޖެ ކުރިމަތިލީ ރަން މެޑަލް ހާސިލްކުރުމުގެ އުންމީދުގައެވެ.