ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 22:24
އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގު އިބްރާޙީމް
އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގު އިބްރާޙީމް
ރާއްޖެ އެމްވީ
މީޓިއޮރޮލޮޖީ
މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ޑޮޕްލާ ވެދަރ ރާޑަރ ސިސްޓަމެއް ތަޢާރުފުކޮށްފި
ސިސްޓަމް ތަޢާރުފުކޮށްފައިވަނީ މަރާމާތަށްފަހު
ސިސްޓަމް ޤާއިމް ކުރުމަށް 6.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ
ސިސްޓަމުން 250 ކިލޯ މީޓަރުގެ ރޭޑިއަސް ހިމެނޭ ސަރަހައްދުތައް ބަލައިލެވޭނެ

މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ޑޮޕްލާ ވެދަރ ރާޑަރ ސިސްޓަމެއް ތަޢާރުފުކޮށްފިއެވެ. 

ވެދަރ ރާޑަރ ސިސްޓަމް ތަޢާރުފުކުރުމަށް އަންގާރަ ދުވަހުގެ މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެންވާރަމަންޓް މިނިސްޓަރ ތޯރިގު އިބްރާހިމް ވިދާޅުވީ، ވެދަރ ރާޑަރ ސިސްޓަމްގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ކަމަށާއި މި ރާޑަރ ސިސްޓަމް ޤާއިމްކުރުމަށް 6.1 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.

ވެދަރ ރާޑަރ ސިސްޓަމްގެ ސަބަބުން މޫސުން ގޯސްވުމުން ލިބިގެންދާނެ ގެއްލުންތައް ކުޑަވެގެންދާނެ ކަމަށާއި ރާޑަރ ސިސްޓަމުން ބޯކޮށް ވާރޭވަހޭނެ ހިސާބުތައް ދުރާލާ އެގިގެންދާނެކަމަށާއި ވާރޭ ވިލާތައް ދަތުރުކުރަމުން ދާ ބޯމިނާއި، ވާރޭ ވިލާތަކުގެ މިސްރާބު އަދި ވާރޭ ވިލާތަކުގެ ބާރުމިން ދެނެގަނެވޭނެކަމަށްވެސް މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ.

މިނިސްޓަރ ތޯރިގު އިތުރަށް ވިދާޅުވީ ޑޮޕްލާ ވެދަރ ރާޑަރ ސިސްޓަމެއް މީގެ ކުރިން 2008 ވަނަ އަހަރުވެސް ޤާއިމުކޮށްފައިވާ ކަމަށާއި ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އެ ސިސްޓަމް ހަލާކުވުމާއި ގުޅިގެން ބޭނުންނުކޮށް އެތައް ދުވަހެއް ވަންދެން ބެހެއްޓުމަށްފަހު، މި ޚިދުމަތް އަލުން ފަށާފައިވަނީ އެ ސިސްޓަމް މަރާމާތު ކޮށްގެން ކަމަށެވެ. 

މޫސުން ކުރިއަށްލަފާ ކުރުމަށް މި ރާޑަރ ސިސްޓަމުން 250 ކިލޯ މީޓަރުގެ ރޭޑިއަސް ހިމެނޭ ސަރަޙައްދުތައް ބަލައިލެވޭނެއެވެ.

މި ރަސްމިއްޔާތުގައި އެންވާރަމަންޓް މިނިސްޓަރީ އަދި މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

- ކޮމެންޓް