Advertisement
ކ. މާލެ
|
27 ސެޕްޓެންބަރ 2022 | އަންގާރަ 10:42
އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް "ދިވެހިރާއްޖެ"
އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް "ދިވެހިރާއްޖެ"
އެމްއެންޑީއެފް
އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް
އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް "ދިވެހިރާއްޖެ" ނެރެފި
އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ވެސް ޤައުމީ ލަވަ އަލްބަމެއް ނެރެމުން
މިއަހަރުގެ ގައުމީ ދުވަހާ ގުޅުވައިގެން އެމްއެންޑީއެފުން ނެރުނު އަލްބަމުގައި ޖުމުލަ 7 ލަވަ ހިމެނޭ

ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ "ޤައުމީ ލަވަ އަލްބަމް" ގެ މި އަހަރުގެ އަލްބަމް ނެރެފިއެވެ.

މިއަހަރުގެ ގައުމީ ދުވަހާ ގުޅުވައިގެން އެމްއެންޑީއެފުން ނެރުނު އަލްބަމުގައި ޖުމުލަ 7 ލަވަ ހިމެނެއެވެ. މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަ ކޮށްފައިވަނީ "ދިވެހިރާއްޖެ" މި ތީމަށެވެ. 

މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންނެވެ. މިފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވައިދެއްވި ބޭފުޅުންނަކީ ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސައީދު، ޕްރައިވެޓް މުޙައްމަދު މާހިދު (މާޓު)، ޖައުފަރު ޢަބްދުއްރަޙްމާން، އާދަމް ނަޞީރު އިބްރާހީމް، ފާތިމަތު ޝަރީފް އަދި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އެވެ.

Advertisement

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނޭކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިގޮތުން މި އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ޤައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައިވެއެވެ. މި އަލްބަމްގެ ރާގު ހަދާފައިވާ ފަރާތްތަކުގެ ތެރޭގައި ލެފްޓިނެންޓް ކާނަލް ޢަލީ މަނިކު (ދާރީ)، ވޮރަންޓް އޮފިސަރ 2 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން، ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް، ޕްރައިވެޓް މުޙައްމަދު މާޙިދު (މާޓު) އަދި ޑީޓިއުން ބޭންޑު ހިމެނެއެވެ.

ފުރަތަމަ ފަހަރަށް ލައިވް ކޮންސެޕްޓަކަށް ހެދި މި އަލްބަމްގެ ރެކޯޑިންގއާއި މިކްސިންގ އަދި މާސްޓަރިންގ ހެދުމުގައި އެންމެ އިސް އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިންއެވެ. މިއަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއަށް ވަނީ އަޕްލޯޑު ކުރެވިފައެވެ. އަދި އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. މިއަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއާއި ލެފްޓިނެންޓް ރިޓަޔަރޑް އަޝްހަރު ވަޙީދާއި ވޮރަންޓް އޮފިސަރ 2 އިބްރާހީމް އަޙްމަދެވެ.

އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ވެސް ޤައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ. އަދި، އެމްއެންޑީއެފުން ނެރޭ ޤައުމީ ލަވަތަކަކީ، އާންމުންގެ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ލަވަތަކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް