ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއާއީގެ ސެންޓަ ބެކް ރޮނާލްޑް އަރައުހޯ ސާޖަރީއެއް ހަދަން ޖެހިއްޖެއެވެ.
އަރައުހޯ ސާޖަރީއެއް ހަދަން ޖެހިފައިވަނީ އުރުގުއާއީގެ ޤައުމީ ޓީމާއެކު އޭނާ ކުޅުނު މެޗެއްގައި ފަޔަަށް ލިބުނު އަނިޔާއާ ގުޅިގެންނެވެ. އޭގެ ފަހުން ހެދި ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި އަރައުހޯގެ ކަނާއަތު ފައިގެ އުކުޅުވަޅަށް ވަނީ އަނިޔާވެފައެވެ.
ބާސެލޯނާއިން ބުނީ އަނިޔާގެ ސަބަބުން އަރައުހޯ އަށް ޖެހެނީ ސާޖަރީއެއް ހަދަން ކަމަށެވެ. އަދި އެ ސާޖަރީ ހެދުން ބުދަ ދުވަހުގެ ވަގުތެއްގައި ކުރިއަށްދާނެ ކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފައެވެ. މީގެ އިތުރުން ބާސެލޯނާ އިން ބުނީ އަރައުހޯގެ ސާޖަރީ ކުރިއަށް ދާނި ފިންލެންޑްގެ ތުރުކޫގައި ކަމަށެވެ. އަރައުހޯ ސާޖަރީ ހަދާނީ ބާސެލޯނާގެ މެޑިކަލް ސްޓާފުންގެ ބެލުމުގެ ދަށުން ޑޮކްޓަރު ލޭސް ޕެމްޕެއިނެންއެވެ.
މީގެ އިތުރުން އެ ކުލަބުން ބުނީ އަރައުހޯގެ ސާޖަރީގެ ކަންތައްތައް ނިމުމުން މެޑިކަލް އެހެން ސްޓޭޓްމަންޓެއް އާންމުކުރާނެ ކަމަށެވެ. މި ސީޒަންގައި ބާސެލޯނާ އިން ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، އަރައުހޯ ވަނީ މި ސީޒަންގައި ބާސެލޯނާ އަށް ހަތް މެޗު ކުޅެދީފައެވެ.