ކ. މާލެ
|
25 ސެޕްޓެންބަރ 2022 | އާދީއްތަ 23:55
މިފަހަރުގެ ވޯލްޑް ކަޕް އޮންނާނީ ގަތަރުގައި
މިފަހަރުގެ ވޯލްޑް ކަޕް އޮންނާނީ ގަތަރުގައި
ރޮއިޓާސް
ވޯލްޑް ކަޕް
ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފިނަމަ ކޮންމެ ކުޅުންތެރިއަކަށް 4 ލައްކަ ޔޫރޯ
ޖަރުމަނުގެ ފުރަތަމަ މެޗުގައި ނޮވެމްބަރު 23 ވަނަ ދުވަހު އެޓީމު ނުކުންނަން ޖެހޭނީ ޖަޕާނާއި ދެކޮޅަށް

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ޖަރުމަނުން ކާމިޔާބުކޮށްފިނަމަ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ބޯނަސްގެ ގޮތުގައި 4 ލައްކަ ޔޫރޯ ދޭން އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފިއެވެ.

އެންމެ ފަހުން ވޯލްޑް ކަޕް ބޭއްވި 2018 ވަނަ އަހަރު ޖަރުމަނުން ވަނީ ޗެމްޕިއަންކަން ހޯދައިފިނަމަ ކޮންމެ ކުޅުންތެރިއަކަށް 350,000 ޔޫރޯ ދިނުމަށް ނިންމާފައެވެ. ނަމަވެސް އެފަހަރުގެ މުބާރާތް ޖަރުމަނުން ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ. 2014 ވަނަ އަހަރުގެ މުބާރާތް ޖަރުމަނުން ކާމިޔާބުކުރިއިރުވެސް އެގައުމުން ވަނީ ޓީމުގެ ކުޅުންތެރިންނަށް ބޮޑު ބޯނަހެއް ދީފައެވެ. ބޯނަސްގެ ގޮތުގައި އެފަހަރު ދީފައިވަނީ ކޮންމެ ކުޅުންތެރިއަކަށް ތިން ލައްކަ ޔޫރޯއެވެ.

މިފަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖު ފަހަނައަޅައިފިނަމަ ކޮންމެ ކުޅުންތެރިއަކަށް ބައިލައްކަ ޔޫރޯ ދިނުމަށް ވަނީ ނިންމާފައެވެ. އަދި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިނަމަ ކޮންމެ ކުޅުންތެރިއަކަށް އެއްލައްކަ ޔޫރޯގެ ބޯނަހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސެމީ ފައިނަލުގެ ޖާގައެއް ޓީމުން ކަށަވަރު ކޮށްފިނަމަ 150,000 ޔޫރޯ އަދި މުބާރާތުގެ ރަނައަޕްކަން ހޯދައިފިނަމަ ދެލައްކަ ޔޫރޯ ދިނުމަށް ނިންމާފައިވެއެވެ.

މިފަހަރުގެ މުބާރާތުގައި ޖަރުމަނު އޮތީ ސްޕެއިން, ކޮސްޓަރީކާ އަދި ޖަޕާނާއެކު ގްރޫޕް އީގައެވެ. މުބާރާތް ފަށާނީ މިއަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ޖަރުމަނުގެ ފުރަތަމަ މެޗުގައި ނޮވެމްބަރު 23 ވަނަ ދުވަހު އެޓީމު ނުކުންނަން ޖެހޭނީ ޖަޕާނާއި ދެކޮޅަށެވެ.

- ކޮމެންޓް