ކ. މާލެ
|
25 ސެޕްޓެންބަރ 2022 | އާދީއްތަ 20:42
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ދިރާގު "ސަޅި ޕްރިޕެއިޑް" ކަސްޓަމަރުންނަށް 265 ރުފިޔާއަށް ދުވާލަކު 5ޖީބީ
ދިރާގު އެޕް މެދުވެރިކޮށް އޮފަރ ނެގޭނެ

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ އާ އޮފަރ އެއް ތައާރަފު ކޮށްފިއެވެ.

'ސަޅި 2 ވީކްސް' ގެ ނަމުގައި ތައާރަފު ކޮށްފައިވާ މި ޕްލޭންގެ ދަށުން ސަލީ ޕްރޮޕެއިޑް ކަސްޓަމަރުންނަށް ދުވާލަކު 5ޖީބީ ގެ ޑޭޓާ އެންމެ 265 ރުފިޔާއަށް ލިބޭނެއެވެ.

ޖުމްލަ 70ޖީބީ ލިބޭ މި 'ސަޅި 2 ވީކްސް' އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ‘S1GB14’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް ނެގޭނެއެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފަރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

- ކޮމެންޓް