ކ. މާލެ
|
25 ސެޕްޓެންބަރ 2022 | އާދީއްތަ 19:24
ތޫފާން ޓަލަސްގެ ސަބަބުން ޖަޕާނުގެ ޝިޒުއޮކާ ސިޓީގެ ބްރިޖަކަށް ގެއްލުންލިބިފައި
ތޫފާން ޓަލަސްގެ ސަބަބުން ޖަޕާނުގެ ޝިޒުއޮކާ ސިޓީގެ ބްރިޖަކަށް ގެއްލުންލިބިފައި
ރޮއިޓާސް
ޖަޕާންއަށް އައި ތޫފާން "ޓަލަސް"
ތޫފާން ޓަލަސްގެ ސަބަބުން ޖަޕާނުގައި 2 މީހުން މަރުވެއްޖެ
120،000 ގެއިން ކަރަންޓު ގޮސްފައިވާކަމަށް ރިޕޯޓުތައް ބުނޭ
ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޝިޒުއޮކާ ސިޓީއަށް ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ރިކޯޑު މިންވަރަކަށް ވާރޭ ވެހިފައި
ތޫފާނުގައި 2 މީހުން މަރުވެފައިވާއިރު، 3 މީހުންނަށް އަނިޔާލިބިފައިވާކަމަށް ރިޕޯޓުތައް ބުނޭ

ޖަޕާނަށް އައި ތޫފާން "ޓަލަސް"ގެ ސަބަބުން ދެ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން، ހޮނިހިރު ދުވަހު ޖަޕާނަށް އެރި ތޫފާނުގައި އެގައުމުގެ ޝިޒުއޮކާ ސިޓީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ތޫފާނުގެ ސަބަބުން ދެ މީހުން މަރުވެފައިވާއިރު، ތިން މީހުންނަށް އަނިޔާ ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަޕާނުގެ މީޓީއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ)އާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުން، މިތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޝިޒުއޮކާ ސިޓީއަށް ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ރިކޯޑު މިންވަރަކަށް ވާރޭ ވެހިފައެވެ. އެއީ 417 މިލިމީޓަރުގެ ވާރޭއެވެ. ތޫފާން ޓަލަސްގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހެމުން ދިޔަކަމަށް ޖޭއެމްއޭއިން ވަނީ ހާމަކޮށްފައެވެ. މިތޫފާނުގެ ސަބަބުން 120،000 ގެއިން ކަރަންޓު ގޮސްފައިވާކަމަށް ރިޕޯޓުތައްބުނެއެވެ.

މިތޫފާނުގައި ބޯކޮށް ވާރޭވެހުމުގެ އިތުރުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައްވެސް ޖަޕާނުގައި ވަނީ ހިނގާފައެވެ.

- ކޮމެންޓް