ކ. މާލެ
|
23 ސެޕްޓެންބަރ 2022 | ހުކުރު 11:51
ނިލާމްއަށް ރިސޯޓް މުބާރާތުގެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާމް ދެނީ
ނިލާމްއަށް ރިސޯޓް މުބާރާތުގެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާމް ދެނީ
އިންޓަރ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް
ރިސޯޓް މުބާރާތުގައި ނުކުޅޭ މަޤާމަކަށް ވަނަ ދިންކަމުގެ ތުހުމަތު!
ނިލާމްއަށް ލިބުނު އެވޯޑް އޭނާއަށް ވެސް ވީ ޖޯކަކަށް

މިހާރު ކުރިއަށްދާ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކުޅުންތެރިޔާ ނުކުޅޭ މަޤާމަކަށް ވަނަ ދިން ކަމަށް ޤައުމީ ޓީމްގެ ކުރީގެ ކޯޗު މުޙައްމަދު ބުނެފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރުކަންވެސް ކުރިން އަދާކުރި ޝަރަފް ބުނީ ރިސޯޓް މުބާރާތުގެ ބ.އަތޮޅު ރިސޯޓްތައް ވާދަކުރި ޒޯންގައި ކުޅުންތެރިން ނުކުޅޭ މަޤާމްތަކަށް ވަނަތައް ދީފައިވާކަމަށެވެ. އެގޮތުން ޝަރަފް އޭނާގެ ފޭސްބުކް ޕޭޖްގައި ފާހަގަކޮށްފައިވަނީ އެޒޯންގެ ބެސްޓް އޮޕޮސިޓް ކުޅުންތެރިއަކަށް ހޮވުނު ހުސެއިން ނިލާމް މުބާރާތުގައި އެމަޤާމަށް ނުކުޅޭ ކަމަށެވެ. ޝަރަފް ބުނީ ނިލާމް އަކީ ރާއްޖޭގެ އެންމެ މޮޅު އެއް އޮޕޮސިޓް ކުޅުންތެރިޔާކަމާމެދު ދެބަސްނުވާކަމަށާއި, އެކަމަކު ރިސޯޓް މުބާރާތުގައި ނިލާމް ކުޅުނީ އައުޓްސައިޑް އެޓޭކަރަކަށް ކަމަށެވެ. އަދި އައުޓްސައިޑް އެޓޭކަރަކަށްވެސް މުބާރާތުގައި ނިލާމް މޮޅަށް ކުޅުނުކަމަށެވެ.

ޝަރަފް ދެއްކި ވާހަކަތަކަށް ނިލާމްވެސް ވަނީ އެއްބަސްވެފައެވެ. ނިލާމް ބުނީ "އާ, މިއީ ހަމަ ވަރަށްބޮޑު ޖޯކެއް" ކަމަށެވެ. ޝަރަފް ބުނީ ނިލާމްއަށް ދިން މަޤާމްގެ އިތުރުންވެސް ކުޅުންތެރިން ނުކުޅޭ މަޤާމްތަކުން ވަނަ ދީފައިވާކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރީ ބ.އަތޮޅު މުބާރާތުގައި ވާދަކުރި އަނަންތަރާގެ އޮޕޮސިޓް ޕްލޭޔަރަށް, ސެކަންޑް ބެސްޓް އައުޓްސައިޑް ޕްލޭޔަރުގެ މަޤާމްވެސް ދީފައިވާކަމަށެވެ.

ރިސޯޓް މުބާރާތާއި, އަތޮޅު މުބާރާތަށްވެސް ފޮނުވަނީ ހަމައެކަނި ރެފްރީން. އެސޯސިއޭޝަންތަކުގެ މީހުންނެއް ނޫޅެ. އިނާމް ދިނުމާއި, ޖަޖިންގ ކަންތައްވެސް ކުރަނީ ރެފްރީން. ދެން ޓީމްތަކުން މިރުޅި އަންނަނީވެސް ރެފްރީންދެކެ. ހަޤީޤަތުގައި ރެފްރީން ކުރަންޖެހޭ ކަމެއްނޫންތާ އެއީ.
މުޙައްމަދު ޝަރަފް/ އަނަންތަރާ ކިހަވައް ވިލާސްގެ ކޯޗު

ޝަރަފްގެ ވާހަކައަށް ރާއްޖޭގެ ސީނިއަރ ރެފްރީއަކުވެސް އެއްބަސްވިއެވެ. އޭނާ ބުނީ ވަނަތައް ހޮވުމާއި, އެހެން ކަންކަންވެސް ކުރަނީ ރެފްރީން ކަމަށާއި, އެކަމަކު އެއީ ރެފްރީންނަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ޝަރަފްއަކީ ބ.އަތޮޅު މުބާރާތުގެ އަނަންތަރާ ކިހަވައް ވިލާގެ ކޯޗެވެ.

- ކޮމެންޓް
24 ސެޕްޓެންބަރ 2022 | ހޮނިހިރު 11:02
މުހަންމަދު
މީގެނމިއިނގެނީ ވޮލީކުރިއަރާވަރު ދުވަސްކޮޅަކުން ޑިޖިޓަލްކޮށް މަގާމުހޮވާނީ ކީކުރަނީ ރިސޯޓް މުބާރާތް ވހަލާކުވެނިމުނީ
23 ސެޕްޓެންބަރ 2022 | ހުކުރު 15:10
އަހުމަދު
ތީކީ ތި މުބާރާތުން އެކަނި ވެފައިއޮތް ކަމެއް ނޫން، ރާއްޖެ އެޓޯލް ލ.އަތޮޅު މުބާރާތުގެ ފިރިހެން ޑިވިސަން ގެ އެންމެ މޮޅު ކޯޗް ދިނީ ޓީމެއްގެ އެސިސްޓެންޓް ކޯޗްއަށް، ކޯޗް އަކީ ވޮލީގެ އެއްވެސް ކޯޗިން ސެޓްފިކެޓް އެއްއޮތް މީހެއްނޫން، މުބާރާތުގެ ގަވާއިދު ބުނާގޮތުން ކޯޗް އަކަށް ހުރެވޭނީ ކޯޗިން ސެޓްފިކެޓް އޮވެގެން،