ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 20:34
ޓޮޓެންހަމްގެ ޑިފެންޑަރު އެރިކް ޑަޔަރ
ޓޮޓެންހަމްގެ ޑިފެންޑަރު އެރިކް ޑަޔަރ
ރޮއިޓާސް
ޕްރިމިއަރ ލީގު
އަވޭ މެޗުތަކަށް އާއިލާ މެމްބަރުން ހާޒިރުނުވަނީ ސަޕޯޓަރުންގެ އަމަލުތައް ހުންނަ ގޮތުން: ޑަޔަރ
ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާގެ އާއިލާއާއި ރައްޓެހިންނަށް ބައެއް ސަޕޯޓަރުން ފުރައްސާރަކޮށްފައިވޭ

ރަށުން ބޭރުގައި ކުޅޭ މެޗުތަކަށް އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިން ސްޓޭޑިއަމަށް ނުދަނީ ސަޕޯޓަރުންގެ އަމަލުތައް ހުންނަ ގޮތުންކަމަށް ޓޮޓެންހަމްގެ ޑިފެންޑަރު އެރިކް ޑަޔަރ ބުނެފިއެވެ.

ޑަޔަރ ބުނީ އޭނާ ރަށުން ބޭރުގައި ކުޅޭ މެޗުތަކަށް މިހާރު އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިން ސްޓޭޑިއަމްއަށް ނުދާކަމަށެވެ. އެއީ ސަޕޯޓަރުންގެ އަމަލުތައް ހުންނަ ގޮތުން އެމީހުންނަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރަށްޓަކައިކަން ޑަޔަރ ފާހަގަކުރިއެވެ. ޑަޔަރ ބުނީ ޕްރިމިއަރ ލީގުގައި މިދިޔަ މަހު ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާގެ އާއިލާއާއި ރައްޓެހިންނަށް ބައެއް ސަޕޯޓަރުން ފުރައްސާރަކޮށްފައިވާ ކަމަށެވެ. އެ މެޗު ނިމުނީ 2-2ން އެއްވަރު ވެގެންނެވެ.

މިކަމާގުޅޭގޮތުން ޑަޔަރ އިތުރަށް ބުނީ، މިއީ ޗެލްސީ ނުވަތަ ޓޮޓެންހަމްގެ ސަޕޯޓަރުން ކުރި ކަމެއްކަމަށް އޭނާ ނުބުނާކަމަށެވެ. ނަމަވެސް ހަމަ ޔަގީނުންވެސް މިކަން ކޮށްފައިވާނީ ފުޓްބޯޅަ ސަޕޯޓަރުން ކަމަށް އޭނާ ބުންޏެވެ.

ޕްރިމިއަރ ލީގުން ވަނީ އަވޭ ޓީމުގެ ސަޕޯޓަރުންނަށް އިތުރު ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށް ޖުލައި މަހު ބުނެފައެވެ. އަދި ސަޕޯޓަރުންގެ ފަރާތުން ހިނގާ މިފަދަ އަމަލުތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅާނެކަންވެސް ފާހަގަކުރިއެވެ.

- ކޮމެންޓް