ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 15:36
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ސްރިވާސްތާވް(ކ) ނަރެންދުރަ މޯދީ އަރިހުގައި
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ސްރިވާސްތާވް(ކ) ނަރެންދުރަ މޯދީ އަރިހުގައި
ސޯޝަލްމީޑިއާ
ރާޖޫ ސްރިވަސްތާވް މަރުވުން
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ސްރިވާސްތާވް މަރުވެއްޖެ
އުމުރުން 58 އަހަރުގައި ބުދަދުވަހު އޭނާ މަރުވެފައިވާކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރު ކޮށްދީފައި
ރާޖޫ ސްރިވާސްތާވް މުނިފޫހިފިލުވުމުގެ ދާއިރާއަށް ގުޅުނީ 1980 ވަނަ އަހަރު

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ސްރިވާސްތާވް މަރުވެއްޖެއެވެ.

އުމުރުން 58 އަހަރުގައި އޭނާ ބުދަދުވަހު މަރުވެފައިވާކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އޭރު އޭނާ ގެންދިޔައީ ދިއްލީގެ ހޮސްޕިޓަލެއްގައި ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. އެގޮތުން އޭނާއަށް ފަރުވާ ދޭން ފެށީ އޯގަސްޓު މަހުގެ 10 ވަނަ ދުވަހު ޖިމްގައި ހުއްޓައި އޭނާއަށް ހާޓްއެޓޭކެއް ޖެހުމުގެ ސަބަބުންނެވެ.

އޭގެ ފަހުން އޭނާ އޮތީ ލައިފް ސަޕޯޓުގައިކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

މިދިޔަ ހަފްތާގައި އޭނާގެ ޙާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވަމުންވެސް އައިސްފައިވެއެވެ. ނަމަވެސް އޭރުވެސް އޮތީ ވެންޓިލޭޓަރުގައެވެ،

ރާޖޫ ސްރިވާސްތާވް މުނިފޫހިފިލުވުމުގެ ދާއިރާއަށް ގުޅުނީ 1980 ވަނަ އަހަރުއެވެ. އެގޮތުން އޭނާ ވަނީ ހިންދީ ފިލްމުތަކުގައި އެކްޓްކޮށްފައެވެ.

އޭގެ އިތުރުން، އިންޑިއާގެ ރިއަލިޓީ ޝޯވ "ދި ގްރޭޓް އިންޑިއަން ލާފްޓަރ ޗެލެންޖް" ގައިވެސް އޭނާ ވަނީ ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ.

އޭނާ މަަރުވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އެގޮތުން އޭނާގެ މަތިން އެ ޤައުމުގެ ރައްޔިތުން ހަނދާން ނުނެތޭނެކަމަށް މޯދީ ވިދާޅުވެފައިވެއެވެ.

- ކޮމެންޓް