ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 07:39
ވެކްސިން
ވެކްސިން
ގޫގުލް
ކެނެޑާ
ކެނެޑާއިން ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތައް އުވާލަނީ
ކެނެޑާއަށް ދަތުރު ކުރާނަމަ މިހާރުވެސް ޓެސްޓް ހައްދަން ޖެހޭ
ފިޔަވަޅުތައް އުވާލާނެ ކަމަށް ލަފާ ކުރަނީ މި މަހުގެ 30 ގައި

ކެނެޑާއިން ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނިންމާފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ރޮއިޓަރސް އިން ރިޕޯޓް ކޮށްފައިވާގޮތުގައި ކެނެޑާއަށް އެތެރެވުމަށް މިހާރު އަޅާފައިވާ ހުރިހާ ފިޔަވަޅެއް އުވާލަން އެ ޤައުމުގެ ސަރުކާރުން ދަނީ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން، މި މަހުގެ 30 ގައި އެ ފިޔަވަޅުތައް އިވާލާނެ ކަމަށް އޮފިޝަލާ ހަވާލާދީ އެ ނޫހުގައި ވަނީ ބުނެފައެވެ.

ކެނެޑާއިން ރަސްމީކޮށް މިކަން އިއުލާން ކުރާނީ އެ ޤައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އެކަން ފައިނަލް ކުރެއްވުމުންނެވެ.

ކެނެޑާއަށް ދަތުރު ކުރާނަމަ މިހާރު އޮންނަ ގަވާއިދުގެ ދަށުން ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ. އަދި އެ ޤައުމުގައި ބޭނުން ކުރާ "އެރައިވްކޭން" އެޕްލިކޭޝަން ބޭނުން ކުރުމަކީ ވެސް މިހާރު މަޖިބޫރު ކަމެކެވެ. މި އެޕްލިކޭޝަނަކީ އެ ޤައުމަށް ދަތުރު ކުރާ ފަރާތްތަކުން ވެކްސިން ޖަހާފައިވާކަން އަންގައިދޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ އެޕްލިކޭޝަނެކެވެ.

ރޮއިޓަރސް އިން ރިޕޯޓް ކޮށްފަިއވާ ގޮތުގައި ފިޔަވަޅުތައް އުވާލަން އެ ޤައުމުން ވިސްނަނީ ސަމަރ ޗުއްޓިއާ ދިމާކޮށް އެ ޤައުމަށް ދަތުރު ކުރާ މީހުންގެ އަދަދު އިތުރުވާނެތީއެވެ. މިހާރު ވެސް ފިޔަވަޅުތައް ވަރުގަދަވުމުން ގިނަ އަދަދެއްގެ ދަތުރުތައް ކެންސަލް ކުރަން ޖެހިފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.

- ކޮމެންޓް