ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 07:28
މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުގައި ޑި މާރިއާއަށް ރަތް ކާޑު ދައްކަނީ
މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުގައި ޑި މާރިއާއަށް ރަތް ކާޑު ދައްކަނީ
ޓްވިޓަރ
ޑި މާރިއާ
ޑި މާރިއާއަށް ދެ މެޗުގެ ސަސްޕެންޝަނެއް، އޭސީ މިލާނާ ދެކޮޅަށް ނުކުޅެވޭނެ
ޑި މާރިއާ ސަސްޕެންޑުކޮށްފައިވަނީ މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިޔަކަށް އޭނާ ކުރި ފައުލަކާ ގުޅިގެން

ޔުވެންްޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ވިންގަރ އެންހެލް ޑި މާރިއާ ދެ މެޗަށް ސަސްޕެންޑުކޮށްފިއެވެ.

ޑި މާރިއާ އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައިސްފައި މި ވަނީ އިޓާލިއަން ލީގުގައި ޔުވެންޓަސް އިން އެންމެ ފަހުން ކުޅުނު މެޗުގައި އޭނާގެ ފަރާތުން ފެނުނު އަމަލާ ގުޅިގެންނެވެ. އެއީ މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިޔަކަށް އޭނާ ކުރި ފައުލަކާ ގުޅިގެންނެވެ. މޮންޒާގެ ދަނޑުގައި 0-1 އިން ޔުވެންޓަސް ބަލިވީއިރު، ޑި މާރިއާ އަށް ވަނީ 40 ވަނަ މިނެޓުގައި ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއީ މޮންޒާގެ އާމަންޑޯ އަށް ޑި މާރިއާ އުޅަނބޮށިން ޖަހައި ފައުލް ކުރުމުންނެވެ.

މި ސަސްޕެންޝަނާއެކު އިޓާލިއަން ލީގުގައި އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ޔުވެންޓަސް އިން ބޮލޮގްނާއާ ދެކޮޅަށް ކުޅޭ މެޗާއި، އަށްވަނަ ދުވަހު އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗު ޑި މާރިއާ އަށް ގެއްލޭނެއެވެ.

މީގެ އިތުރުން އިޓާލިއަން ލީގުގައި ރޯމާ އިން އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ވެސް ވަނީ ރަތް ކާޑު ދައްކާފައެވެ. އަދި އިޓާލިއަން ލީގުގައި އަންނަ މަހުގެ އެއްވަނަ ދުވަހު އިންޓަ މިލާނާ ދެކޮޅަށް ރޯމާ އިން ކުޅޭ މެޗަށް މޮރީނިއޯ ވަނީ ސަސްޕެންޑުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް