ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 07:25
ބްރަދަރސް އޮފް އިޓަލީ ޕާޓީގެ ލީޑަރު
ބްރަދަރސް އޮފް އިޓަލީ ޕާޓީގެ ލީޑަރު
ދި ޓެލެގްރާފް
އިޓަލީ
އިޓަލީގެ ލީޑިންގ ޕާޓީގެ ކެނޑިޑޭޓަކު ހިޓްލަރއަށް ތައުރީފު ކުރުމުން ސަސްޕެންޑްކޮށްފި
 
ޕޯސްޓާ ގުޅިގެން ސަސްޕެންޑް ކޮށްފައިވަނީ ސިސިލީގެ ކެނޑިޑޭޓް ޕިސާނޯ
 
ހިޓްލަރ އަކީ ވަރުގަދަ ލީޑަރެއް ކަމަށް އޭނާ ޕޯސްޓް ކުރީ މީގެ އަށް އަހަރު ކުރިން

އިޓަލީގެ ލީޑިންގ ޕާޓީ، ދަ ބްރަދަރސް އޮފް އިޓަލީގެ ކެނޑިޑޭޓަކު އެޑޯލްފް ހިޓްލަރއަށް ތައުރީފު ކުރުމުން ސަސްޕެންޑްކޮށްފިއެވެ.

ދަ ބްރަދަރސް އޮފް އިޓަލީއަކީ އެ ޤައުމުގައި މިހާރު ކުރިއަށްދާ އިންތިޚާބުގެ އެންމެ ކުރީގައި އުޅޭ ޕާޓީއެވެ. ގިނަ ބަޔަކު ލަފާ ކުރާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި އިޓަލީގެ ބޮޑުވަޒީރުގެ މަގާމަށް އަންނަނީ ވެސް އެ ޕާޓީގެ ލީޑަރު ޖިއޯރޖިއާ މެލަނީއެވެ.

އެ ޕާޓީ އިން ސަސްޕެންޑު ކޮށްފައިވަނީ ނާޓްޒީ ޑިކްޓޭޓަރު، ހިޓްލަރއަށް އޮންލައިން ޕޯސްޓެއްގައި ތައުރީފު ކުރި ކެނޑިޑޭޓެއް ކަމަށްވާ ކަލެޖޭރޯ ޕިސާނޯއެވެ. ހިޓަލަަރއަކީ ވަރުގަދަ ސްޓޭޓްސްމަނެއްކަމަށް ބުނެ އޭނާ އެ ޕޯސްޓު ކޮށްފައިވަނީ މީގެ އަށް އަހަރު ކުރިންނެވެ. އެ ޕޯސްޓް ފެންމަތިވެފައިވަނީ އިންތިޚާބާ ގުޅިގެން އިޓަލީގެ ނޫހަކުން އެ ޕޯސްޓް ޝާއިއުކުރުމުންނެވެ.

ޕިސާނޯ މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވަމުން ގެންދަވަނީ ސިސިލީގެ ގޮނޑިއަށެވެ. އޭނާގެ ޕޯސްޓު ފެންމަތިވުމާއެކު އިޓަލީގެ ޔަހޫދީން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. މިއާއެކު ބްރަދަރސް އޮފް އިޓަލީން ނެރުނު ބަޔާނެއްގައި ބުނީ ޕިސާނޯ ވަގުތުން ޕާޓީން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ގޮތަކަށް އެއީ ޕާޓީ ތަމްސީލް ކުރާނެ މެމްބަރެއް ނޫން ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

މި ޕޯސްޓާ ގުޅިގެން ޕިސާނޯ ވަނީ މައާފަށް އެދިފައެވެ. އޭނާ ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ އެއީ މާ ކުރީގެ ޕޯސްޓެއް ކަމަށާއި އޭނާއަށް ވެސް ގޯސް ހެދިފައި އެބަހުރި ކަމަށެވެ.

ބްރަދަރސް އޮފް އިޓަލީއަކީ ވެސް ދެވަނަ ބޮޑު ހަނގުރާމައަށްފަހު ހިޓްލަރ އަށް ތާއީދު ކުރަމުން އައި "ނޮން ފޭޝިސްޓް" ގްރޫޕެއްގެ ތެރެއިން އުފެދުނު ޕާޓީއެކެވެ. ނަމަވެސް އެ ޕާޓީގެ މިހާރުގެ ލީޑަރު ވިދާޅުވާ ގޮތުގައި އެ ވިސްނުމަކީ މިހާރު ޕާޓީގެ ވިސްނުމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް