ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 22:58
ޔުއެފާ ޔޫރޯ
ޔުއެފާ ޔޫރޯ
ރޮއިޓާސް
ޔޫރޯ 2024
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
 
ފީފާއިން ވަނީ މިއަހަރުގެ ވޯލްޑް ކަޕުންވެސް ރަޝިޔާ ސަސްޕެންޑްކޮށްފައި
 
ޔޫރޯ 2024ގެ ކޮލިފިކޭޝަން މެޗުތައް ކުޅޭނީ ޖަރުމަނުގެ ގްރޭކްފާޓްގައި

މިއަންނަ މަހު ފަށާ ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިނުވެވޭނެ ކަމަށް ޔުއެފާއިން ނިންމައިފިއެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފީފާއާއި ޔުއެފާއިން ވަނީ އެ ދެ އިދާރާގެ ހުރިހާ މުބާރާތަކުން ރަޝިޔާ ސަސްޕެންޑްކޮށްފައެވެ. ފީފާއާއި ޔުއެފާއިން އެގޮތަށް ނިންމީ ފެބްރުއަރީ މަހުއެވެ. އޭގެ ފަހުން އެނިންމުން ބަދަލުކުރުމަށް ރަޝިޔާއިން ކޯރޓް އޮފް އާބިޓްރޭޝަން ފޯރ ސްޕޯޓްސްގައި އެދުނުނަމަވެސް އެއިދާރާއިންވެސް ނިންމީ އެނިންމުން ބަދަލުނުކުރުމަށެވެ.

ފީފާއިން ވަނީ މިއަހަރުގެ ވޯލްޑް ކަޕުންވެސް ރަޝިޔާ ސަސްޕެންޑްކޮށްފައެވެ. އެހެންކަމުން މާޗް މަހު އޮތް ކޮލިފިކޭޝަން ޕްލޭ އޮފްގައިވެސް ރަޝިޔާއަށް ބައިވެރިއެއްނުވެވުނެވެ.

މީގެ އިތުރުން ރަޝިޔާގެ އަންހެން ޓީމު ވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕުންވެސް ވަކިކޮށްފައެވެ.

ޔޫރޯ 2024ގެ ކޮލިފިކޭޝަން މެޗުތައް ކުޅޭނީ ޖަރުމަނުގެ ގްރޭކްފާޓްގައެވެ. ކޮލިފިކޭޝަން މެޗުތައް ފަށާނީ މިއަންނަ އޮކްޓޫބަރު ނުވަވަނަ ދުވަހުއެވެ. ނަމަވެސް ޔުއެފާއިން ނެރުނު ބަޔާނެއްގައި ވަނީ ރަޝިޔާއަށް މި މެޗުތައްވެސް ނުކުޅެވޭނެކަމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް