ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 07:44
ޖޯޑަން ޖޭމްސް: ފޮޓޯ-ވޭލްސް ޤައުމީ ޓީމް ޓްވީޓަރ
ޖޯޑަން ޖޭމްސް: ފޮޓޯ-ވޭލްސް ޤައުމީ ޓީމް ޓްވީޓަރ
ވޭލްސް ޤައުމީ ޓީމަށް ބަދަލެއް
18 އަހަރުގެ ޖޯޑަން ޖޭމްސް ވޭލްސް ޤައުމީ ޓީމަށް
ޖޯޑަން ޖޭމްސްއަށް ފުރުޞަތު ދިނީ ނޭޝަންސް ލީގުގެ ދެ މެޗަށް

ވޭލްސްގެ ޤައުމީ ސްކޮޑުން 18 އަހަރުގެ ޖޯޑަން ޖޭމްސްއަށް ފުރުޞަތު ދީފިއެވެ.

ޖޯޑަން ޖޭމްސްއަށް ފުރުޞަތު ދިނީ މިމަހު ނޭޝަންސް ލީގުގައި ކުޅެން އޮތް ދެ މެޗަށް އެކުލަވާލި ސްކޮޑުންނެވެ. އެކަމަކު ޖޯޑަން ޖޭމްސްއަށް ފުރުޞަތު ދިނީ އަނިޔާގެ ސަބަބުން ޖޯ އަލެންއަށް ބާކީކުރަން ޖެހުމުންނެވެ. މިއީ ބާމިންގހަމްއަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ ޤައުމީ ސްކޮޑަށް ނެގި ފުރަތަމަ ފަހަރެވެ. ޖޯޑަން ޖޭމްސް ވަނީ މީގެކުރިން އިންގްލެންޑްގެ 20 އަހަރުން ދަށުގެ ޓީމަށް ކުޅެފައެވެ. އެކަމަކު މިދިޔަ ހަފްތާގައި އޭނާ ވަނީ ވޭލްސްގެ 21 އަހަރުން ދަށުގެ ޓީމަށް ނަގާފައެވެ. އަދި އޭގެފަހުން ވޭލްސްގެ ޤައުމީ ޓީމްގެ ކޯޗު ރޮބާޓް ޕޭޖް ވަނީ ޒުވާން ކުޅުންތެރިޔާ ސީނިއަރ ޓީމަށް ނަގާފައެވެ.

ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބުރާސްފަތި ދުވަހު ވޭލްސްގެ ޤައުމީ ޓީމް ބެލްޖިއަމްއަށް ދާނެއެވެ. ވޭލްސްއަށް ވަނީ އަނިޔާގެ މައްސަލަތައް ބޮޑުވެފައެވެ. މިޑްފީލްޑަރ އާރޮން ރަމްސޭއާއި, ހެރީ ވިލްސަންއާއި, ކީޕަރު އެޑަމް ޑޭވިސްވެސް ހުރީ އަނިޔާގައެވެ.

- ކޮމެންޓް