ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 07:37
ޔޫތު މިނިސްޓަރާއި، އެސޯސިއޭޝަންގެ ރައީސްއާއެކު ޓީމްގެ މުހިއްމު ދެ ކުޅުންތެރިން
ޔޫތު މިނިސްޓަރާއި، އެސޯސިއޭޝަންގެ ރައީސްއާއެކު ޓީމްގެ މުހިއްމު ދެ ކުޅުންތެރިން
-
ސާބާ ޗެމްޕިއަންޝިޕް
އިންޑިޔާ ބައިވެރިނުވާން ނިންމުމުން ރާއްޖޭގެ ބާސްކެޓް ޓީމްގެ އަމާޒު ރަނަށް!
މުބާރާތަށް ތައްޔާރުވާން ފެށީ ރިހި މެޑައްޔަށް އަމާޒުކޮށްގެން

އަންނަ އާދިއްތަ ދުވަހު ރާއްޖޭގައި ފަށާ ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޓީމުން ރަން މެޑަލް ހޯދުމުގެ އަމާޒަށް މިސްރާބު ބަދަލުކޮށްފައިވާކަމުގެ އިޝާރާތެއް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ދެއްވައިފިއެވެ.

ރިހި މެޑަލް ހޯދަން އަމާޒުކޮށްގެން މުބާރާތަށް ތައްޔާރުވަމުން އައި ޓީމްގެ އަމާޒު ބަދަލުވީ ފަހުވަގުތު އިންޑިޔާ މުބާރާތަށް ނުދާން ނިންމުމުންނެވެ. ސަރަހައްދީ ޤައުމުތަކާ ވާދަކޮށް އެންމެ ފަހުން ލޯ މެޑަލް ހޯދާފައިވުމުން މުބާރާތަށް ޓީމް ތައްޔާރުވަމުން އައީ ރިހި މެޑައްޔަށް އަމާޒުކޮށްގެންނެވެ. އެކަމަކު އިންޑިޔާ ބައިވެރިނުވާތީ އެކްސްޕެކްޓޭޝަންތަކަށްވެސް ބަދަލު އައިސްފައިވާކަން އެސޯސިއޭޝަންގެ ރައީސް ފާހަަގަކުރެއްވިއެވެ.

އަޅުގަނޑު އުއްމީދުކުރީ މިސަރަހައްދުގައި އަޅުގަނޑުމެންނަށް ހަމަ ސިލްވަރ ލިބޭނެ, ރަނގަޅަށް މަސައްކަތްކުރެވިއްޖިއްޔާ. އަޅުގަނޑުމެންގެ ޓާގެޓަކީ އެކުދިން އަޅުގަނޑުމެންނަށް ސލްވަރ މެޑަލް ގެނެސްދިނުން. އެހެންނަމަވެސް އިންޑިޔާ ފަހުވަގުތު ނާންނަގޮތަށް ނިމުނީމަ އަޅުގަނޑުމެންގެ އެކްސްޕެކްޓޭޝަންވެސް ވަރަށް ތަފާތުވާނެ.
އަހުމަދު އާދަމް/ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް

އެޑަމް ވިދާޅުވީ މުބާރާތުން ރާއްޖޭގެ ޓީމް ދިވެހިން އުފާވާ, ހިތްހަމަޖެހޭފަދަ ކާމިޔާބީއެއް ހޯދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އެކަމަކު އިންޑިޔާ ބައިވެރިނުވާން ނިންމިފަހުން, ރިހި މެޑަލް ހޯދަން ޓާގެޓްކޮށްފައި އޮތް އޮތުމާމެދު ކޯޗުންގ ސްޓާފުންނާއެކު އަދި މަޝްވަރާ ނުކުރައްވާކަމަށް އެޑަމް ވިދާޅުވިއެވެ. ރާއްޖޭގެ ޓީމް މިހާރު ވަނީ މުބާރާތަށް ކޭމްޕް ކޮށްފައެވެ. ދެއިރު ޓީމުން ޕްރެކްޓިސް ކުރަމުން އަންނަތާވެސް ވަނީ މަހެއްހާ ދުވަސް ވެފައެވެ.

މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ޓީމުން ވަނީ އިންޑިޔާގެ އިތުރުން ތައިލެންޑްގައި ކޭމްޕްކޮށް, މެޗުތަކެއްވެސް ކުޅެފައެވެ. ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރާނީ ސްރީލަންކާ, ނޭޕާލް, ބޫޓާން, އަދި ބަންގްލަދޭޝްއެވެ.

- ކޮމެންޓް