ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 07:30
ޤަތަރުގެ ފޮރިން މިނިސްޓަރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޡާނީ
ޤަތަރުގެ ފޮރިން މިނިސްޓަރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޡާނީ
ގޫގުލް
ޤަތަރުގެ މައްސަލަ
ސާފު އުސޫލުތަކަކާއިއެކު މަޝްވަރާކުރަން ތައްޔާރު: ޤަތަރު
އަންނަ ހަފްތާގައި އެމެރިކާއަށް ދަތުރެއް ކުރާނަން: ފޮރިން މިނިސްޓަރު
ވައިގެ ސަރަޙައްދު ބަންދުކޮށްފައިވާތީ ޤާނޫނީ ފަރުވާއެއް ހޯޯދާނަން: ޤަތަރު
ދަތިކުރުމުގެ ފިޔަވަޅުތައް އަނބުރާ ނުގެންދާ ނަމަ މަޝްވަރާ ނުކުރާނެ ކަމަށް ޤަތަރުން ބުނޭ

ގަލްފުގައި އުފެދިފައިވާ ނުތަނަވަސްކަން ނައްތާލައި، ގަލްފުގެ ގައުމުތަކާއި ޤަތަރާއި ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް، ސާފު އުސޫލުތަކެއްގެ ތެރެއިން މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ޤަތަރުގެ ފޮރިން މިނިސްޓަރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޡާނީ ވިދާޅުވެއްޖެއެވެ.

ގަލްފުގައި މިހާރު އުފެދިފައިވާ މައްސަލައިގެ ސަބަބުން އިޤުތިޞާދަށް ކުރާ އަސަރާއި، ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އަންނަ ހަފްތާގައި އެމެރިކާއަށް ދަތުރުކުރައްވާނެ ކަން ހާމަކުރައްވާ ޢަބްދުއްރަޙްމާން ވިދާޅުވީ، ކުވެއިތުން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ގަލްފުގެ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް ޤަތަރުން ޤަބޫލުކުރާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޤަތަރުގެ ވަށައިގެންވާ ވައިގެ ސަރަޙައްދު އެ ގައުމަށް ބަންދުކޮށްފައި އޮތް އޮތުމަށް ޤާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާތައް ފެށުމުގެ ޝަރުތެއްގެ ގޮތުގައި ސައުދީ އާއި އެކުވެރި އަރަބި އިމާރާތް، އަދި ބަޚްރެއިނުން ޤަތާރާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ޤަތަރުން ކުރިން ވަނީ އެދިފައެވެ.

އޭގެ ފަހުން، ހޯމަ ދުވަހު، މިނިސްޓަރ ޢަބްދުއްރަޙްމާން ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތައް އަނބުރާ ނުގެންދަނިސް، އެ ފިޔަވަޅުތައް އަޅާފައިވާ ޤައުމުތަކާއި މަޝްވަރާ ނުކުރައްވާނެ ކަމަށާ، އަދި ޤަތަރުގެ ދާހިލީ ކަންކަންވެސް މަޝްވަރާ ނުކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ގަލްފުގެ ޤައުމުތަކުގެ ބޮއިކޮޓް ދިގުދެމިގެންދާނަމަ، އީރާނުވެސް ހިމެނޭ ގޮތަށް، އެހެން ޤައުމުތަކަށް ބަރޯސާވާން ޤަތަރުން ފަށާނެ ކަމަށެވެ.

"މިކަން ދިގުދެމިގެންދާނަމަ އަހަރުމެން ބަރޯސާ ވާނީ އޮމާނާއި، ކުވެއިތާއި، ތުރުކީ ފަދަ ޤައުމުތަކަށް. ޤަތަރުގެ ހާރިޖީ ސިޔާސަތާއި އަލްޖަޒީރާ އާއި ގުޅޭގޮތުން (އެއްވެސް ބަޔަކާ) މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސައުދީ އާއި އެކުވެރި އަރަބި އިމާރާތާއި އަދި ބަޚްރެއިނުގެ ފަރާތުން، މައްސަލަ ހައްލު ކުރުމަށް ޤަތަރަށް އެއްވެސް ހުށަހެޅުމެއް އަޅާފައި ނުވާ ކަމަށެވެ.

"ޤަތަރު ވަނީ ހިސޯރު ކޮށްފަ. މަޝްވަރާ ކުރުމެއް ނެތް. މަޝްވަރާ ކުރުމަށް ހިސޯރުކުރުން ނިންމަން ޖެހޭ. އެ ޤައުމުތަކާއި ސީދާ ނުގުޅޭ އެއްވެސް ކަމެއް މަޝްވަރާއެއް ނުކުރާނަން" މިނިސްޓަރ ޢަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް