ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 05:30
ސައުދީ ކަނޑުގެ ސިފައިންގެ މަނަވަރެއްގައި ސިފައިންގެ މީހަކު ފޯރިމަރަނީ
ސައުދީ ކަނޑުގެ ސިފައިންގެ މަނަވަރެއްގައި ސިފައިންގެ މީހަކު ފޯރިމަރަނީ
ގޫގުލް
ސައުދީ - އީރާން
އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި
ތިން ބޯޓެއް ވަނީ ސައުދީ ކަނޑަށް ވަދެފަ
ބޯޓުގައި ގިނަ އަދަދެއްގެ ހަތިޔާރު ހުރި
އީރާނުން އަދި އެއްޗެއް ބުނެފައެއް ނުވޭ

ހަތިޔާރާއި އެކު ސްޕީޑް ބޯޓެއްގައި ސައުދީގެ ކަނޑުގެ ސަރަޙައްދަށް ވަދެ ހަމަލާދޭން އުޅުނު، އީރާނުގެ ރެވަލޫޝަނަރީ ގާޑުގެ ސިފައިން ކަމަށް ބެލޭވޭ 3 މިހަކު ހައްޔަރުކޮށް ސުވާލު ކުރަމުންދާކަމަށް ސައުދީ އަރަބިއާގެ ކަނޑުގެ ސިފައިން ބުނެފިއެވެ.

ސައުދީ ކަނޑުގެ ސިފައިންގެ އޮފިޝަލަކު ބުނީ، ހުކުރު ދުވަހުގެރޭ ރަތާއި ހުދު ދިދަތަކެއް ނަގާފައިވާ ކުދި ތިން ބޯޓުގައި ސައުދީގެ ކަނޑުގެ ސަރަޙައްދަށް ވަދެފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ބޯޓު ހިފަހައްޓައި އޭގައި ތިބި މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އަނެއް ދެ ބޯޓު ވަނީ ފިލާފައެވެ.

"ބާރު ސްޕީޑްގައި އެމީހުން ދަތުރުކުރީ މަރްޖާނުގެ ތެޔޮވަޅުތަކުގެ ޕްލެޓްފޯމާއި ދިމާލަށް. އިންޒާރު ދިނުމުގެ ގޮތުން ސައުދީ ކަނޑުގެ ސިފައިން ވަނީ ވަގުތުން ވައިގެ ތެރެއަށް ބަޑި ޖަހާފައި. ނަމަވެސް ބޯޓުތައް މަޑެއް ނުކުރި. ނަތީޖާއެއްގެ ގޮތުން އެއް ބޯޓު ހިފެހެއްޓުނު. އަނެއް ދެ ބޯޓު ވަނީ ފިޅާފައި. ހިފެހެއްޓުނު ބޯޓުގައި ނުރައްކާތެރި ހަމަލާއެއް ދެވޭވަރަށް ގިނަ އަދަދެއްގެ ހަތިޔާރު ހުރި" އޮފިޝަލް ވިދާޅުވިއެވެ،

ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް އިންފޯމޭޝަން އެންޑް ކަލްޗަރ އިން ނެރުނު ބަޔާނެއްގައި ސައުދީ ކަނޑުގެ ސިފައިންނާއި ހަވާލާދީ ބުނެފައިވަނީ، މި ބޯޓުތަކަކީ، ފުރާނައާއި މުދަލަށް ގެއްލުންދިނުމަށް ރާވައިގެން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ބޯޓުތަކެއް ކަމަށެވެ.

މި މައްސަލައިގައި އީރާނުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް