ކ. މާލެ
|
18 ސެޕްޓެންބަރ 2022 | އާދީއްތަ 07:24
އިންޑިއާއަށް ގެންދިޔަ ޗީޓާއެއް
އިންޑިއާއަށް ގެންދިޔަ ޗީޓާއެއް
އެންޑީޓީވީ
އިންޑިއާ
70 އަހަރު ފަހުން އިންޑިއާއަށް ޗީޓާތަކެއް ގެންގޮސްފި
އިންޑިއާއިން ދަނީ އެ ޤައުމަށް އަލުން ޗީޓާތައް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން

އިންޑިއާގައި ޗީޓާތައް ނެތިދިޔަތާ 70 އަހަރުފަހުން އަލުން ޗީޓާތަކެއް އެ ޤައުމަށް ގެންގޮސްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެމަނިކުފާނުގެ އުފަންދުވަހާ ގުޅުވައިގެން ހޮނިހިރު ދުވަހު އެ ޤައުމުގެ ކޫނޯ ނޭޝަނަލް ޕާކަށް 8 ރޭޑިއޯ ކޮލަރޑް އެފްރިކަން ޗީޓާ ގެންގޮސްފައެވެ. މިއީ ޗީޓާތައް އަލުން އެ ޤައުމަށް ތައާރަފުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެންދިޔަ ޗީޓާތަކެކެވެ.

އިންޑިއާއިން ޗީޓާތައް ނެތިގެން ދިއުމުގެ ކުރިން 13 އަހަރު ވަންދެން އެތަކެތި ސަލާމަތް ކުރުމަށް އެ ޤައުމުން މަސައްކަތް ކުރިއެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުުވެ އެ ޤައުމުން ޗީޓާތައް ނެތިގެން ގޮސްފައިވާތާ 70 އަހަރު މިހާރު ވަނީ ވެފައެވެ.

އެ ޤައުމަށް އަލަށް ގެންދިޔަ ޗީޓާތައް އުޅުމަށް 5000 އަކަފުޓޫގެ ސަރަހައްދެއް ވަނީ ހަމަޖައްސައިފައެވެ. އެ ޕާކުގައި ޗީޓާގެ އިތުރުން ލެޕަޑްސް އާއި ސްލޮތު އަދި ހައީނާ ފަދަ ޖަނާވާރުތައް ވެސް ތިބެއެވެ. މި ޗީޓާތައް އިންޑިއާއަށް ގެންގޮސްފައިވަނީ ނަމީބިއާ އިންނެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 12 ޗީޓާ އެ ޤައުމަށް ގެންދާނެއެވެ. އަދި 910 މިލިއަން ރުފީސްގެ ފަންޑިން ލިބުމުން ޗީޓާތަކުގެ އާބާދީ 40 އަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.

ޗީޓާއަކީ ދުނިޔޭގެ އެންމެ ބާރަށް ދުވާ ޖަނަވާރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް