ކ. މާލެ
|
17 ސެޕްޓެންބަރ 2022 | ހޮނިހިރު 12:52
އައިސީއައިއޭ ކޮންފަރެންސް
އައިސީއައިއޭ ކޮންފަރެންސް
އައިޔޫއެމް
އައިސީއައިއޭ ކޮންފަރެންސް
އާ ހޯދުންތައް ހޯދާ އިލްމީގޮތުން ކުރިއަރާފައިވާ ބަޔަކަށް މުސްލިމުން ވާންޖެހޭ: އަސްލަމް
މި ކޮންފަރެންސްގެ ހަވާސާގެ ތެރެއިން، ޕެނަލް ޑިސްކަޝަންއެއް ވެސް އޮންނާނެ
ސައިންސްގެ ރޮނގުން ނޯބަލް އިނާމު ހާސިލްކޮށްފައިވާ މީހުންގެ ތެރޭގައި މުސްލިމުންގެ ނިސްބަތް މަދު، އެކަން ބަދަލުކުރަން ޖެހޭ

އާ ހޯދުންތައް ހޯދައި އިލްމީގޮތުން ކުރިއަރާފައިވާ ބަޔަކަށް މުސްލިމުން ވާންޖެހޭކަމަށް, މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައިސީއައިއޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ އިލްމު ނެތި ބާރުވެރިކަމެއް ނުހޯދޭނެ ކަމަށެވެ. އެހެންކަމުން މުސްލިމުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރި އިލްމީ ގާބިލްބަޔަކަށް މުސްލިމުން އަލުން ވާން ޖެހޭ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މުސްލިމުންގެ ރަންޒަމާނުގައި މުސްލިމުންނަކީ ބައިނަލްއަގުވާމީ ގޮތުން ބަލާއިރު ވެސް އިލްމުގެ ކުރިބޯށި ކަމަށެވެ. އެހެންނަމަވެސް މިއަދު އެކަން ބަދަލުވެފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިހާރު ދުނިޔޭގައި މުސްލިމުންގެ 1.3 ބިލިއަން މީހުންގެ އާބާދީ އެއް އޮތް ނަމަވެސް ސައިންސްގެ ރޮނގުން ނޯބަލް އިނާމު ހާސިލްކޮށްފައިވާ މީހުންގެ ތެރޭގައި މުސްލިމުންގެ ނިސްބަތް 1% އަށް ވެސް ނާރާކަމަށާއި އެކަން ބަދަލުކުރަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި ކޮންފަރެންސަކީ އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން ބާއްވަމުންދާ ކޮންފަރެންސެކެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ފާއިތުވި ދެ އަހަރު ބޭއްވީ ހައިބްރިޑްކޮށެވެ.

މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ އިލްމީ ބޭފުޅުން ބައިވެރިވެ ރިސާޗް ޕޭޕަރުތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދީނީ، އިއިޖްތިމާއީ، ސިއްހީ، އިގްތިސާދީ އަދި މީޑިއާ އާއި ސިޔާސަތާ ގުޅޭ ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ޕެނަލް ޑިސްކަޝަން އެއް ވެސް އޮންނާނެ އެވެ.

- ކޮމެންޓް