ކ. މާލެ
|
16 ސެޕްޓެންބަރ 2022 | ހުކުރު 15:48
ފިލްމީ ތަރި އާޝާ
ފިލްމީ ތަރި އާޝާ
ރާއްޖެއެމްވީ
ހިނދުކޮޅެއް ފިލްމްގެ ލަވައެއް ރިލީޒްކުރުން
އާޝާގެ އުފަންދުވަހު ހަދިޔާއެއްގެ ގޮތުގައި، ޑާކްރެއިންގެ "ލޮލަކަށް ނިންޖެއް ނާދޭ" ރިލީޒްކޮށްފި
އެ ލަވަ ރިލީޒްކޮށްފައި ވަނީ ހުކުރު ދުވަހު، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި
އަޝްފާ އަދި ހުސެއިން ތައުފީގް ކިޔާދީފައިވާ މި ލަވަ އަކީ އީސާ ޝަރީފްގެ ޅެމަކަށް ތައްޔާރުކޮށްފައިވާ ލަވައެއް

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފީޗާ ފިލްމު "ހިނދުކޮޅެއް"ގެ ލަވަ، "ލޮލަކަށް ނިންޖެއް ނާދޭ" ރިލީޒްކޮށްފިއެވެ.

އެ ލަވަ ރިލީޒްކޮށްފައި ވަނީ ހުކުރު ދުވަހު، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައެެވެ.

ލޮލަކަށް ނިންޖެއް ނާދޭ މި ލަވައިން ފެނިގެން ދަނީ ހިނދުކޮޅެއް ފިލްމުގެ ލީޑްރޯލުން ފެނިގެންދާ ޝަރަފް ޢަބްދުﷲ އަދި އާމިނަތު ރަޝްފާ (އާޝާ)، މި ދެ ފަންނާނުންނެވެ. ހުކުރު ދުވަހު އެ ލަވަ ރިލީޒްކޮށްފައި ވަނީ އާޝާގެ އުފަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ޑާކްރެއިންގެ ފަރާތުން ދިން ހަދިޔާއެއްގެ ގޮތުގައެވެ. "ހިނދުކޮޅެއް"ގެ ތަޖުރިބާ އާއި މެދު ވާހަކަދައްކަމުން އާޝާ ވަނީ މި ފިލްމަށްޓަކާ އޭނާ ވަރަށް ގިނަ ގުރުބާނީތައް ވެފައިވާނެ ކަމަށް ފާހަގަކޮށްފައެވެ. އަދި ޑާކްރެއިންގެ ކޮންމެ މަސައްކަތަކީ ވެސް ޗެލެންޖިން މަސައްކަތެއް ކަަމަށް އޭނާ ވަނީ ބުނެފައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އަޝްފާ އަދި ހުސެއިން ތައުފީގް ކިޔާދީފައިވާ މި ލަވަ އަކީ އީސާ ޝަރީފްގެ ޅެމަކަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. މި ލަވަ ޔޫޓިއުބް އަށް ރިލީޒްކޮށްފައި ވަނީ ހުކުރު ދުވަހު މެންދުރެވެ.

"ހިނދުކޮޅެއް"ގެ ފަސްޓް ލުކް ނެރެފައިވަނީ މި އަހަރުގެ މާރޗް މަހުގެ ތެރޭގައި މޯޝަން ޕޯސްޓަރެއްގެ ގޮތުގައެވެ.

ޢާއިޝަތު ފުއާދު އާއި އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ "ހިނދުކޮޅެއް" މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. އަޙްމަދު ޠަލާލް ލިޔެފައިވާ ވާހަކަ އަކަށް ތައްޔާރުކުރާ މި ފިލްމަކީ ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުން ރަވީ ފާރޫގާއި މަޖުދާ (މަޖޫ) ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.

- ކޮމެންޓް