Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2022 | ހުކުރު 06:52
ފުލުހުން ހުވާކުރުން
ފުލުހުން ހުވާކުރުން
ޕޮލިސް މީޑިޔާ
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
47  ފުލުހުން ހުވާކޮށްފައިވޭ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޛް ފައްޔާޒް ޝާޠިރުއެވެ.

Advertisement

ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 47  ފުލުހުން ހުވާކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 33 ފިރިހެން ފުލުހުންނާއި 7 އަންހެން ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބްލަރީގެ ފިރިހެން 7 ފުލުހުންނެވެ. ފުލުހުން ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި ވަނީ ސޮއިކޮށްފައެވެ.

ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ނާފިޒު އާއި އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަރީފު ބައިވެރިވެލެއްވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް