ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 23:58
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑް ކުއާޓަރު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑް ކުއާޓަރު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ރާއްޖެއެމްވީ
ފުލުހުންނަށް ހަމަލާދިން މައްސަލަ
ފުލުހުންނަށް ހަމަލާދިން މައްސަލައިގައި އެންމެފަހުން ހައްޔަރުކުރި މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފި
ފުލުހުންތަކަކަަށް ހަމަލާދިނީ ހެންވޭރުގެ މަޝްހޫރު ގޭންގަކުން ކަމަށް ސީޕީ ވަނީ ވިދާޅުވެފައި

މިދިޔަ ހުކުރު ދުވަހުގެ މެންދުރު 11:52 ހާއިރު ހާއިރު މަޖީދީ މަގުން ހެންވޭރު ޔޫރޯ ސްޓޯރު ކައިރިން ތިން ފުލަހަކަށް ހަމަލާދިން މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރި މީހުންނަށް ބަންދުގެ މުއްދަތުގެ ޖަހައިފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހުގެ ރޭ 6 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ އުމުރުން 18 އަހަރު މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ ތިން މީހުންނާއި 21 އަހަރުގެ މީހެއްކަމަށެވެ. މި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން 18 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާ އާއި 20 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހާ ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައިވާކަމަށެވެ. އަދި 20 އަހަރުގެ މީހާ އަށް 30 ދުވަސް ޖަހާފައިވާކަމަށެވެ.

އެކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމައްސަލައިގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ ކަމަށެވެ. ސީޕީ ވިދާޅުވީ މިފަސް މީހުން ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށްކަމަށެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ރާވައިގެން ކުށްކުރާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. ފުލުހުންނަށް ހަމަލަދޭ މީހުންނާ މެދު އަމަލުކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން ހަރުކަށިކޮށް ކަމަށް ސީޕީ ވިދާޅުވި އެވެ.

ހަމަލާދީފައިވަނީ އޮފް ޑިއުޓީގައި އުޅުނު، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ތިން ފުލުހަކަށެވެ.

މިމައްސަލައިގައި މީގެ ކުރިން ސީޕީ ވިދާޅުވީ ރޭވިގެން ހިންގާ ކުށްތަކާއި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގައި ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށާއި ނަމަވެސް ގޭންގުތަކުގެ ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަަތައް ހުއްޓުވޭނީ އެންމެން ގުޅިގެން ކަމަށެވެ. މުޖުތަމައަށް ހިދުމަތްކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ފުލުހުންގެ ރައްކާތެރިކަން ވެސް ކަަށަވަރުކުރުމަށް އިތުރު އެއްބާރުލުން ބޭނުންވާ ކަމަށް ހަމީދު ފާހަގަކުރެއްވިއެވެ.

ފުލުހުންތަކަކަަށް ހަމަލާދިނީ ހެންވޭރުގެ މަޝްހޫރު ގޭންގަކުން ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ފުލުހުންނަށް ހަމަލާދިން މައްސަލައިގެ ތުހުމަތަށް އެންމެ ފުރަތަމަ ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ދެ މީހަކާއި 18 އަހަރުގެ މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް