ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 07:45
ފެޑެރީކޯ ވަލްވާޑޭ އުފާ ފާޅުކުރަނީ
ފެޑެރީކޯ ވަލްވާޑޭ އުފާ ފާޅުކުރަނީ
ރޮއިޓާރސް
ޔުއެފާ ޗެމްޕިއަންސްލީގު
ޗެމްޕިއަންސްލީގުގައި އެންޗެލޮޓީގެ 100 ވަނަ މޮޅު
 
ދެ މެޗުންވެސް މޮޅުވެ ރެެއާލް އޮތީ އެއްވަނާގައި

ޔުއެފާ ޗެމްޕިއަންސްލީގުގައި 100 މޮޅު ހޯދި ދެވަނަ ކޯޗަކަށް ކާލޯ އެންޗެލޮޓީ ވެއްޖެއެވެ.

އެންޗެލޮޓީ ޗެމްޕިއަންސްލީގުގައި 100 ވަނަ މޮޅު ހޯދީ ޗެމްޕިއަން ރެއާލް މެޑްރިޑް ގޮވައިގެން ނުކުމެ, ޖަރުމަނުގެ އާރުބީ ލައިޕްޒިގް ބަލިކޮށްގެންނެވެ. މިސީޒަންގެ ޗެމްޕިއަންސްލީގުގައި ރެއާލް ކުޅުނު ދެވަނަ ފުޓުބޯޅަ މެޗުގައި އަމިއްލަ ދަނޑުގައި ލައިޕްޒިގު ބަލިކުރީ 2-0 ނެވެ. މެޗުގައި ރެއާލްއިން ދެ ލަނޑުވެސް ޖެހީ ފަހު 10 މިނެޓުގެ ތެރޭގައެވެ. ފުރަތަމަ ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ފެޑެރީކޯ ވަލްވާޑޭއެވެ. އޭނާ ލަނޑު ޖެހީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި މާކޯ އަސެންސިއޯ ޖެހީ ޓޯނީ ކްރޫޒް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މިއީ 2017-2018 ވަނަ އަހަރުގެ ސީޒަންގެ ފަހުން ޗެމްޕިއަންސްލީގުގެ ފުރަތަމަ ދެ މެޗުން ރެއާލް މެޑްރިޑް މޮޅުވި ފުރަތަމަ ފަހަރެވެ.

އެންޗެލޮޓީއަށްވުރެ ގިނަ މޮޅު ޗެމްޕިއަންސްލީގުގައި ހޯދާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފަރގަސަންއެވެ. އޭނާ ވަނީ 102 މޮޅު ކޯޗެއްގެ ގޮތުގައި ހޯދާފައެވެ.

މިގްރޫޕްގެ އަނެއް މެޗުގައި ސެލްޓިކާއި, ޝަހުތަރު ޑޮނެސްކް ވާދަކޮށް ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ގްރޫޕްގެ އެއްވަނާގައި އޮތީ ހަ ޕޮއިންޓާއެކު ރެއާލް މެޑްރިޑެވެ. ދެވަނާގައި ޝަހުތަރު ޑޮނެސްކް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ސެލްޓިކް ތިންވަނާގައި އޮތީ ޕޮއިންޓަކާއެކުއެވެ. އާރުބީ ލައިޕްޒިގަށް ދެ މެޗުން ޕޮއިންޓެއް ނުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް