ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 18:40
މީރާ
މީރާ
ޔޫސުފް ސޮފްވާން ރަޝީދު
މަޖިލީހުގެ މަސައްކަތްތައް
މާލީ ހާލަތު ރަނގަޅު ކުރަން، ޓެކްސް އާއި ޖީއެސްޓީ ބޮޑުކުރަން ހުށަހަޅައިފި
2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުކުރަން ވަނީ ހުށަހަޅާފައި
އެ އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައި

ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ކުރިއަށް އޮތް 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އެފަދަ އިސްލާހެއް ގެންނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު އެ އިސްލާހު ހުށަހަޅުއްވަމުން ވިދާޅުވެފައި ވަނީ އެއީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކާއި ގުޅިގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅާ ދޫކޮށްލައިފި ނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށް ހުށަހަޅާ އިސްލާހެއް ކަމަށެވެ.

އެ އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ މުސްތަގުބަލުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށް ފާހަގަކޮށްފައެވެ.

- ކޮމެންޓް