ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 13:21
އިންޑިޔާގައި އެކްސިޑެންޓުވީ ބަސް
އިންޑިޔާގައި އެކްސިޑެންޓުވީ ބަސް
ވަޔަން
އިންޑިޔާގައި ހިނގި ބަސް އެކްސިޑެންޓް
ބަސް އެކްސިޑެންޓެއްގައި ބާރަ މީހުން މަރުވެއްޖެ
 
މަރުވި މީހެއްގެ އާއިލާއަށް 2 ލައްކަ ރުޕީސް އަނިޔާވި މީހަކަށް 50 ހާސް ރުޕީސް ދޭން ސަރުކާރުން ވަނީ ނިންމާފައި

އިންޑިޔާގެ ޖަންމުގެ ޕޫންޗް ސަރަހައްދުގައި ބަހެއް ފުރޮޅާލުމުގެ ސަބަބުން 12 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާތައް ލިބިއްޖެ އެވެ. މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި އެކްސިޑެންޓް ހިނގުމާއި އެކު ފުލުހުންނާއި އާންމުންގެ ގިނަ ބަޔަކު އެއްވެ މީހުން ސަލާމަތް ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށާފައި ވެއެވެ. އަދި އަނިޔާވި ބާރަވަރަކަށް މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

ޑްރައިވަރަށް ކޮންޓްރޯލް ގެއްލި ހިނގި މި އެކްސިޑެންޓްގައި މީހުން އަރުވާ ބަރާކޮށްފައިވާ މިނީ ބަސް ވަނީ ކައްސާލައި، އަދި އެއަށްފަހު ފުރޮޅާލައިގެން ފަރުބަދަމަތީގެ އަޑި ހިސާބަކަށް ވެއްޓިފައެވެ. އަނިޔާވި މީހުންގެ ތެރެއިން ފަސްމީހުންގެ ހާލު ސީރިއަސް ކަމަށާއި އެމީހުން ހެލިކޮޕްޓަރުގައި ޖަންމޫ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ޚަބަރުތައް ބުނެއެވެ.

މި އެކްސިޑެންޓް އާއި ގުޅިގެން ޖަންމޫ ކަޝްމީރުގެ ލެފްޓިނަންޓް ގަވަރުނަރު މަނޯޖް ސިންހާގެ އިތުރުން ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ތައުޒިޔާގެ މެސެޖްތައް ފޮނުއްވާފައެވެ. އަދި އެކްސިޑެންޓްގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ދެލައްކަ ރުޕީސް ދިނުމަށާ އަނިޔާވި ކޮންމެ މީހަކަށް 50 ހާސް ރުޕީސް ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް