ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 17:21
ތައިލަންޑުގައި ހިނގި ބަސް އެކްސިޑެންޓުގައި ބަހުގެ ކުރީކޮޅު ދެފަޅިވެފައި
ތައިލަންޑުގައި ހިނގި ބަސް އެކްސިޑެންޓުގައި ބަހުގެ ކުރީކޮޅު ދެފަޅިވެފައި
ބީބީސީ
ބަސް އެކްސިޑެންޓެއްގައި 14 މީހުން މަރުވުން
ތައިލަންޑުގައި ހިނގި ބަސް އެކްސިޑެންޓެއްގައި 14 މީހުން މަރުވެއްޖެ
2022 ވަނަ އަހަރު ތައިލަންޑުގައި ހިނގި މަގުމަތީ އެކްސިޑެންޓުތަކުގައި 15،000 މީހުން މަރުވެފައިވޭ

ތައިލަންޑުގައި ދެބުރި ބަހެއް މަގުން ކައްސާލައިގެންގޮސް، ގަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 14 މީހުން މަރުވެއްޖެއެވެ. ގަހުގައި ބަސް ޖެހުނުލެއް ބާރުކަމުން، ބަހުގެ ކުރީކޮޅު ދެފަޅިވެފައި ވާކަމަށް ޚަބަރު ލިބެއެވެ. މި އެކްސިޑެންޓުގައި އިތުރު 32 މީހުންނަށް އެކި އަނިޔާތައް ވަނީ ލިބިފައެވެ. މަރުވި މީހުންގެ ހަށިތައް ނެގުމަށާއި، އަނިޔާވި މީހުން ސަލާމަތްކުރުމަށްޓަކައި ބަހުގެ ބިއްލޫރި ދޮރުތައް ތަޅާލައިގެން އެހީތެރިން މަސައްކަތްކޮށްފައި ވެއެވެ.

ހޯމަ ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓް ހިނގަން ދިމާވި ސަބަބެއް އަދި ސާފުނުވާކަމަށް ވެއެވެ. ފުލުހުން ލަފާކުރާ ގޮތުގައި، ބަސް ދުއްވަން އިން މީހާ ނިދިޖެހިގެން ގޮސް ގަހުގައި ބަސް ޖެހުނީއެވެ.

އެކްސީޑެންޓް ހިނގި ހިސާބުކަމަށްވާ ޕްރަޗުއަޕް ޚިރިޚާންއަކީ ބީޗްތައް ގިނަ، ޓުއަރިސްޓުންގެ މެދުގައި މަގުބޫލު ހިސާބެކެވެ.

ތައިލަންޑުގައި ބަސް އެކްސިޑެންޓް ހިނގާފައި

ތައިލަންޑަކީ މަގުމަތީގެ އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގާ އެއް ގައުމެވެ. އަދި މިފަދަ އެކްސިޑެންޓްތަކުގެ ސަބަބުން އަހަރަކު އެތައްހާސް މީހުން މަރުވެއެވެ.

ތައިލަންޑުގެ ރޯޑް އެކްސިޑެންޓް ޑާޓާ ސެންޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2022 ވަނަ އަހަރު އެ ގައުމުގައި ހިނގި މަގުމަތީ އެކްސިޑެންޓުތަކުގައި 15،000 މީހުން މަރުވެފައިވެއެވެ. ތައިލަންޑަށްވުރެ ތަންކޮޅެއް ކުޑަ އާބާދީއެއް އޮންނަ އިނގިރޭސިވިލާތުގައި އެކްސިޑެންޓުތަކުގައި 2022 ވަނަ އަހަރު މަރުވެފައިވަނީ 1،700 މީހުންނެވެ.

2021 ވަނަ އަހަރަށް ބަލާއިރު، ތައިލަންޑުގައި ޖުމްލަ މަރުވި މީހުންގެ ތިންބައިކުޅަ އެއްބަޔަކީ ޓްރެފިކާ ގުޅުންހުރި ހާދިސާތަކުގައި މަރުވި މީހުން ކަމަށް ޑަބްލިއުއެޗްއޯއިން ވެސް ބުނެފައިވެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް