ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 12:08
ޓްވިޓަރ
ޓްވިޓަރ
ޓައިމްސް ނައު
ޓްވިޓަރ ވިއްކާލުން
44 ބިލިއަން ޑޮލަރަށް އެލޮން މަސްކްއަށް ޓްވިޓަރ ވިއްކަން ޓްވިޓަރގެ ހިއްސާދާރުން ފާސްކޮށްފި
ކޮމްޕެނީގެ ސްޓޮކް އޮފަރ ފެށީ 41 ބިލިއަން ޑޮލަރުން
މަސްކްއަށް ޓްވިޓަރ ވިއްކާލަން ފާސްކުރީ 98.6% ހިއްސާދާރުންގެ ވޯޓާ އެކު

44 ބިލިއަން ޑޮލަރަށް، އެލޮން މަސްކްއަށް ޓްވިޓަރ ވިއްކަން ޓްވިޓަރގެ ހިއްސާދާރުން ފާސްކޮށްފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ އެލޮން، ޓްވިޓަރ ގަންނަން ހުށަހެޅި ނަމަވެސް ފަހުން އޭނާ ދަނީ އެ ޑީލްއިން ބޭރުވުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މިކަމުގައި ޓްވިޓަރއިން ތިބީކީ ދޫދޭ ގޮތަކަށް ނޫނެވެ. މަސްކްއަށް ޓްވިޓަރ ވިއްކަލް ޓްވިޓަރއިން ފާސްކުރީ އަންގާރަ ދުވަހު، އެ ކުންފުނީގެ ޝެއާ ހޯލްޑަރުންގެ ބޮޑު އަޣުލަބިއްޔަތަކާއި އެކުގައެވެ. ކޮމްޕެނީގެ ސްޓޮކް އޮފަރ ފެށީ 41 ބިލިއަން ޑޮލަރުންނެވެ. އެއީ ޓްވިޓަރ ގަންނަން އެލޮން ހުށަހެޅި އަގަށް ވުރެ 25% ދަށް އަދަދެކެވެ. މަސްކްއަށް ޓްވިޓަރ ވިއްކާލަން ފާސްކުރަން ނެގި ވޯޓުގައި 98.6% މީހުން ވޯޓުދިނީ އޭނާއަށް ޓްވިޓަރ ވިއްކާލަން ފެންނަ ކަމަށެވެ.

ޓްވިޓަރ ގަންނަން ހުށަހެޅިއިރު މަސްކް ބުނީ ހިއްސާއަކަށް 54.20 ޑޮލަރުގެ އަގުން އޭނާ ފައިސާ ދައްކާނެ ކަމަށެވެ. އެއާ އެކު ކުންފުނީގެ ޖުމްލަ އަގު 40 ބިލިއަން ޑޮލަރަށް އަރާނެއެވެ. މަސްކް ވަނީ ޓްވިޓާގެ ގިނަ އަދަދެއްގެ ހިއްސާތަކެއް ގަނެ ޓްވިޓާގެ އެންމެ ބޮޑު ޝެއާ ހޯލްޑަރުގެ މަގާމު ހޯދާފައެވެ.

އެހެންނަމަވެސް މަސްކް ޓްވިޓާ ގަތުމަށް ވެފައިވާ އެއްބަސްވުމާއި ހިލާފަށް ޓްވިޓާއިން އަމަލުކޮށްފައިވާތީ ޓުވިޓާ ނުގަތުމަށް އޭނާ މިހާރު ވަނީ ނިންމާފައެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަކޮށްފައިވަނީ ޓުވިޓާގެ ފޭކް އެކައުންޓަކުގެ މައުލޫމާތުތަކެއް ހޯދުމަށް އެދުމުން އެ މައުލޫމާތު ދިނުމަށް ޓުވިޓަރއިން ދެކޮޅު ހެދުމެވެ. ނަމަވެސް ޓްވިޓަރއިން ވަނީ އެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި އެގްރީމެންޓް ދަމަހައްޓަން ކުރަން ޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ވެސް ބުނެފައެވެ.

- ކޮމެންޓް