ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 09:28
ސްޕޯޓިން އަދި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން
ސްޕޯޓިން އަދި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
ޔުއެފާ ޗެމްޕިއަންސް ލީގު
ޓޮޓެންހަމް ބަލިކޮށް ސްޕޯޓިންއިން ގްރޫޕްގެ އެއްވަނައަށް
ސްޕޯޓިންގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-2 އިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ލިވަޕޫލް ބަލިކޮށް ސްޕޯޓިން ލިޒްބަން އިން ގްރޫޕްގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ސްޕޯޓިންގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-2 އިންނެވެ. މެޗުގެ ދެ ލަނޑު ވެސް އެ ޓީމުން ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ތިން މިނެޓުގެ ތެރޭގައެވެ.

ސްޕޯޓިންގެ ފުރަތަމަ ލަނޑު ޖެހީ ޕައުލީނީއޯއެވެ. އެއީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ޕެޑްރޯ ގޮންކާލޭސް ނެގި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އެ ލަނޑަު ޖެހިތާ ދެ މިނެޓު ފަހުން ސްޕޯޓިން އަށް ލީޑު ފުޅާކޮށްދިނީ އާތޫރުއެވެ. މިއީ އޭރިޔާ ތެރެއިން ބޯޅަ ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ގްރޫޕްގައި އައިންޓްރަކްޓް ފްރޭންކްފާޓް އިން ވަނީ މާސޭ ބަލިކޮށްފައެވެ. މާސޭގެ ދަނޑުގައި ކުޅުނު މެޗު ފްރޭންކްފާޓް އިން ކާމިޔާބުކުރީ 0-1 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު 43 ވަނަ މިނެޓުގައި ޖެހީ ޖެސްޕާ ލިންޑްސްޓްރަމްއެވެ. ދެވަނަ ހާފުގައި ފްރޭންކްފާޓުން އިތުރު ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމާފައެވެ.

މި ގްރޫޕްގެ ކޮންމެ ޓީކަމުން ވެސް ދެ މެޗު ކުޅެފައިވާއިރު، ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓު ހޯދައިގެން ސްޕޯޓިން އޮތީ އެއްވަނަ މަގާމުގައެވެ. ދެވަނަ މަގާމުގައި އޮތް ޓޮޓެންހަމާއި ތިންވަނަ މަގާމުގައި އޮތް ފްރޭންކްފާޓަށް ލިބެނީ ތިން ޕޮއިންޓެވެ. ފައިދާ ގޯލުން ކުރި ލިބެނީ ޓޮޓެންހަމަށެވެ. ގްރޫޕްގެ ފުލުގައި އޮތް މާސޭއަށް ޕޮއިންޓެއް ނުލިބެއެވެ.

- ކޮމެންޓް