Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 07:14
ބޭނުންކުރުން މަނާކޮށްފައިވާ 8 ބާވަތުގެ މާމުއި
ބޭނުންކުރުން މަނާކޮށްފައިވާ 8 ބާވަތުގެ މާމުއި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މާމުއީގެ ބާވަތެއް މަނާކުރުން
ސެކްޝުއަލް އެންހޭންސްމެންޓަށް ބޭނުންކުރާ މާމުއިއެއް މަނާކޮށްފި
8 ބާވަތެއްގެ މާމުއި ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައި
މަނާކޮށްފައިވަނީ "ޓެޑަލަފިލް" އަދި "ސިލްޑްނަފިލް" ހިމެނޭ މާމުއި

ސެކްޝުއަލް އެންހޭންސްމެންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަނަށް ބޭނުންކުރާ މާމުއި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ ސެކްޝުއަލް އެންހޭންސްމެންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަނަށް ބޭނުންކުރާ ބޭހެއް ކަމަށްވާ "ޓެޑަލަފިލް" އަދި "ސިލްޑްނަފިލް" ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަން އެއޮތޯރިޓީއަށް ފާހަގަވެފައިވާކަމަށެވެ. މި އުފެއްދުންތަކަކީ ފުރޯޑުކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް ކަމުގައި ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ) އިން އެލާޓް ކޮއްފައިވާކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

Advertisement

އެމްއެފްޑީއޭއިން ވަނީ އެ ދެ ބާވަތް ހިމެނޭ 8 ބާވަތެއްގެ މާމުއިއެއްގެ މައުލޫމާތު އާންމުކޮށްފައެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ބޭނުންކުރުމާއި ވިއްކުން އެ އޮތޯރިޓީން ވަނީ މަނާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް