ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 21:31
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ރާއްޖޭގެ ވެކްސިންގެ ހާލަތު
ވެކްސިންގެ ދެ ޑޯޒް 1226 މީހުން ފުރިހަމަކޮށްފި
ކޮވިޑް ވެކްސިންގެ ފުރަތަމަ ބޫސްޓަރ ޑޯޒް 166،758 މީހުން ޖަހާފައިވޭ
18 އަހަރުން މަތީ އުމުރުފުރާގެ މީހުންނަށް 8 ސެޕްޓެމްބަރ ވަނަ ދުވަހުންފެށިގެން ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒެއް ދިނުމަށް ވަނީ ނިންމާފައި

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް 1226 މީހުން ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް ވެކްސިންގެ ފުރަތަމަ ބޫސްޓަރ ޑޯޒް 166،758 މީހުން ޖަހާފައިވެއެވެ. ވެކްސިންގެ ދެ ވަނަ ޑޯޒް 384،935 މީހުން ޖަހާފައިވެއެވެ. އަދި ފުރަތަމަ ޑޯޒް 399،083 މީހުން ޖަހާފައިވެއެވެ.

18 އަހަރުން މަތީ އުމުރުފުރާގެ މީހުންނަށް ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒެއް ދިނުމަށް 8 ސެޕްޓެމްބަރ ވަނަ ދުވަހުން ފެށިގެން ވަނީ ނިންމާފައެވެ. އެގޮތުން މި ޑޯޒް ޖަހާނީ ކޮވިޑް-19 ގެ ފުރަތަމަ ބޫސްޓަރ (3 ވަނަ ޑޯޒް) ޖެހިފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އެޗްޕީއޭއިން ބުނީ، 8 ސެޕްޓެމްބަރ އިން ފެށިގެން އެ ފަރާތްތަކަށް ފައިޒަރ ވެކްސިން ޖަހައިދެވޭނެ ކަމަށެވެ.

އޭގެ އިތުރުން، މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށާއި، އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމު ކުރާނެކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ކޮވިޑް-19ން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި, ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމައި އެކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

- ކޮމެންޓް