Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2022 | އާދީއްތަ 15:02
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް
ރާއްޖެއެމްވީ
ރާއްޖޭގެ އިގްތިޞާދު
އަދިވެސް އިގްތިސާދީ ގޮތުން އާއްމުން ބާރުވެރި ނުވޭ: ފައްޔާޒް
މިހާރު ކުރިއަށް ދަނީ ވިއަވަތީގެ 3 ވަނަ މަހާސިންތާ
އިގްތިސާދު ކުރިއަރުވަން އާއްމުން އިގްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ވުން މުހިންމު: ފައްޔާޒް

އަދިވެސް ރާއްޖޭގައި އިގްތިޞާދީ ގޮތުން އާއްމުން ބާރުވެރި ނުކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްގެންދާ ވިއަވަތި މަހާސިންތާގެ ތެރެއިން ރާއްޖެ ޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައެވެ. މިނިސްޓަރ ވިދާޅުވީ އިގްތިސާދީ ގޮތުން އާއްމުން ބާރުވެރި ކުރެވޭނީ އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް އާއްމުން ވެގެން ކަމަށެވެ. އެކި ދާއިރާތަކުން ފަންނީ މީހުން ތަމްރީނުކުރުމުގެ އިތުރުން ރަށްރަށުގައި އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް އެ އުފެއްދުންތައް މާކެޓް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ވެސް މަސައްކަތްކުރަމުންދާކަން ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވަނީ ރާއްޖޭގައި މީހުން އިގްތިސާދީ ގޮތުން ބާރު ނުކުރެވި އޮތީ އެތައް ދުވަހެއް ވަންދެން އެފަދަ ކަންކަމަށް ކަމާއި ބެހޭ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި އަޅާނުލާ އޮތުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފައެވެ.

Advertisement

ވިއަވަތި މަހާސިންތާގައި މިންތީގެ ހަމަހަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އަންހެނުންނަށް އިގްތިސާދީ ދާއިރާ އާއި އެހެން ދާއިރާތަކުން އެކަށީގެންވާ ފުރުސަތުތަކެއް ހޯދާ ދިނުމަކީ މި ސަރުކާރުން އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ސިޔާސަތެވެ. މީގެ އިތުރުން ކައުންސިލްތަކަށް މާލީ އަދި އެހެނިހެން ގޮތްގޮތުން ބޭނުންވާ ބާރުވެރިކަން ހޯދާދީ ހަގީގީ މާނައިގައި ލާމަރުކަޒު ކުރުމުގެ ފައިދާ ހޯދައިދިނުމަށް ސަރުކާރުން ދަނީ ވަކާލާތުކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހުގެ އިސްނެންގެވުމާއި އެކު ކުރިއަށްގެންދާ ވިއަވަތި މަހާސިންތާ އަކީ ކައުންސިލްތަކަށް ދިމާވާ ދަތިތައް ދެނެގަނެ، ކައުންސިލްތަކާއި އެކުގައި މުއައްސަސާތަކާއި އިދާރާތަކަށް މަސައްކަތް ކުރެވިދާނެ ގޮތްތައް ދެނެގަނެ، ގުޅިގެން މަސައްކަތް ކުރާނެ މާހައުލެއް ޤާއިމްކުރަން މަޝްވަރާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މަހާސިންތާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް