ކ. މާލެ
|
11 ސެޕްޓެންބަރ 2022 | އާދީއްތަ 13:02
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
ރާއްޖެއެމްވީ
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި
މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 24ގެ ޓީމު ވާދަކުރާނެ

ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފިއެވެ.

މުބާރާތް ފަށާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު ގދ ތިނަދޫގައެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 24ގެ ޓީމު ވާދަކުރާނެއެވެ. މުބާރާތުގެ ފުރަތަމަ ދުވަހުގެ އިވެންޓުތައް އޮންނާނީ މެންދުރުކުރިން އެކަންޏެވެ. ހަވީރު އޮންނާނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތެވެ.

ފުރަތަމަ ދުވަހުގެ އިވެންޓުތަކުގައި އެއްވަނަ ހޯދި އެތުލީޓުން

  • 600 މީޓަރު ދުވުން - 13 އަހަރުންދަށް (ފިރިހެން) - ޔޫސުފް މީކާއީލް - ދާންދޫ ސްކޫލް
  • 600 މީޓަރު ދުވުން - 13 އަހަރުންދަށް (އަންހެން) - އައިޝަތު ނިޒުހާ ޝާހިދު - ދާންދޫ ސްކޫލް
  • 1500 މީޓަރު ދުވުން - 17 އަހަރުންދަށް (ފިރިހެން) - އަހުމަދު އަޝްހަމް ޖަމީލް - ދާންދޫ ސްކޫލް
  • 1500 މީޓަރު ދުވުން - 17 އަހަރުންދަށް (އަންހެން) - ޒާރާ އާދަމް - ގދ އަތޮޅު ތައުލީމީ މަރުކަޒު
  • 1500 މީޓަރު ދުވުން - 19 އަހަރުންދަށް (ފިރިހެން) - އަހުމަދު ރައުލް އައްސަދު - ވިލާ އިންޓަރނޭޝަނަލް ސްކޫލް
  • 1500 މީޓަރު ދުވުން - 15 އަހަރުންދަށް (ފިރިހެން) - އިޒާން މުހައްމަދު - ދާންދޫ ސްކޫލް
  • 1500 މީޓަރު ދުވުން - 15 އަހަރުންދަށް (އަންހެން) - އާމިނަތު މައީޒާ - ގދ އަތޮޅު ތައުލީމީ މަރުކަޒު
  • ލޯންގް ޖަމްޕް - 11 އަހަރުންދަށް (އަންހެން) - އިބާ އިސްމާއިލް ރަފީ - ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް
  • ޖެވެލިން އުކުން - 19 އަހަރުންދަށް (ފިރިހެން) - އިޔާޝް ހުސައިން - ގެމަނަފުށި ސްކޫލް
  • ޖެވެލިން އުކުން - 17 އަހަރުންދަށް (ފިރިހެން) - ޒަފާން ހަސަން - ވާދޫ ޖަމާލުއްދީން ސްކޫލް
  • ޑިސްކަސް އުކުން - 17 އަހަރުންދަށް (ފިރިހެން) - ހުސައިން އުޒައިން - މުހައްމަދު ޖަމާލުއްދީން ސްކޫލް
  • ޑިސްކަސް އުކުން - 17 އަހަރުންދަށް (އަންހެން) - އާމިނަތު ރިފްޝާނާ - ފުވައްމުލަކު ސްކޫލް
  • ޝޮޓްޕުޓް - 17 އަހަރުންދަށް (ފިރިހެން) - އަހުމަދު ސާހިލް ސަމީރު - ގދ އަތޮޅު ތައުލީމީ މަރުކަޒު

މި ފައިނަލްތަކުގެ އިތުރުން ބައެއް އިވެންޓުތަކުގެ ހީޓުތައްވެސް އާދީއްތަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

- ކޮމެންޓް