ކ. މާލެ
|
11 ސެޕްޓެންބަރ 2022 | އާދީއްތަ 07:16
ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑްމީތްރޯ ކުލޭބާ
ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑްމީތްރޯ ކުލޭބާ
ރޮއިޓާރސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
"އަހަރުމެންނަށް ރަޝިއާގެ އަސްކަރިއްޔާ ބަލިކޮށްލެވޭނެކަން ދައްކައިފިން"
އިތުރު ހަތިޔާރާއެކު ހަނގުރާމަ ނިމުމަކަށް ގެނެވޭނެ
ރަޝިއާއިން ވަނީ ޔޫކްރެރިންގެ ދެ ސަރަހައްދަކުން ފައިބައިފަ

ޔޫކްރެއިނަށް ރަޝިއާގެ އަސްކަރިއްޔާ ބަލިކޮށްލެވޭނެކަން ދައްކާލާފައިވާކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑްމީތްރޯ ކުލޭބާ ވިދާޅުވެއްޖެއެވެ.

ކުލޭބާ މިފަދައިން ވިދާޅުވީ ރަޝިއާއިން ހިފާފައިވާ އެގައުމުގެ 2 ސަރަހައްދެއް ދޫކޮށްލައި ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެެއިނުން ފޭބުމާއި ގުޅިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރަޝިއާއިން ޔޫކްރެެއިންގެ ދެ ސަރަހައްދަކުން ފައިބަން ނިންމާފައިވަނީ ޔޫކްރެއިނުން ބަދަލުގައި ހަމަލާތަކެއް ދީފައިވަނިކޮށެވެ.

ކުލޭބާ ވިދާޅުވީ ބޭރުގެ ގައުމުތަކުން ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޮނުވަމުންދާ ކަމަށެވެ. އަދި އިތުރު ހަތިޔާރާއެކު ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ރަޝިއާއިން ވަނީ ޔޫކްރެއިންގެ 2 ސިޓީއެއް ކަމަށްވާ ބަލަކްލީޔާއިންނާއި އިޒްޔުމްއިން އެގައުމުގެ ސިފައިން ފައިބާނެކަން އިއުލާނުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
11 ސެޕްޓެންބަރ 2022 | އާދީއްތަ 19:52
ޢައްޔަ
ސައްދާމު ވެސް ބުނިތިޔަހެން،