ކ. މާލެ
|
10 ސެޕްޓެންބަރ 2022 | ހޮނިހިރު 09:22
ކިންގްސްލީ ކޯމަން
ކިންގްސްލީ ކޯމަން
ބަޔާން މިއުނިކް
ކޯމަންއަށް އަނިޔާވެ، ބާސެލޯނާއާ ދެކޮޅަށް ނުކުޅެވޭނެ!
 
ބަޔާނުން އާންމުކުރި މެޑިކަލް ރިޕޯޓެއްގައި ބުނީ ކޯމަންގެ ކަނާއަތު ފައިގެ ފަލަމަސްގަނޑު އިރައިގެން ގޮސްފައިވާ ކަމަށް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގަރ ކިންގްސްލީ ކޯމަންއަށް އަނިޔާވެ ބާސެލޯނާއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޖަރުމަނު ލީގުގައި ބަޔާނުން ހޮނިހިރު ދުވަހު ވީއެފްބީ ސްޓުޓްގާޓްއާ ދެކޮޅަށް ކުޅޭ ފުޓުބޯޅަ މެޗުގެ ކުރިން އޮތް ޕްރެސްގައި ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ ކޯމަން އަށް އަނިޔާވެފައިވާ ކަމަށް ބުނެފައެވެ. ޕްރެސްގައި ނާގަލްސްމަން ބުނީ ހުކުރު ދުވަހު ބަޔާނުން ކުރިއަށް ގެންދިޔަ ފަރިތަކުރުން ތަކުގެ ތެރެއިން ކޯމަން އަށް އަނިޔާވެފައިވާ ކަމަށެވެ. އޭނާ ބުނީ ކޯމަން އަށް ލިބުނީ މަސްގަނޑުގެ އަނިޔާއެއް ކަމަށެވެ.

ބަޔާނުން އާންމުކުރި މެޑިކަލް ރިޕޯޓެއްގައި ބުނީ ކޯމަންގެ ކަނާއަތު ފައިގެ ފަލަމަސްގަނޑު އިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ އަނިޔާގެ ސަބަބުން މިވަގުތު ކޯމަން ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

ޖަރުމަނު ލީގުގައި ބަޔާނުން ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސްގައި ކޯޗު ނާގަލްސްމަން ބުނީ ބަޔާނުން ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަށް ޓީމަށް ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ. އެ މެޗުގެ ކުރިން މުހިންމު ކުޅުންތެރިން ރެސްޓު ކުރަން ބޭނުންވާއިރު، ކޯޗު ބުނީ ލީގުގައި ވެސް ބަޔާނަށް އޮތީ މުހިންމު މެޗެއް ކަމަށެވެ. އޭނާ ބުނީ ޖަރުމަނު ލީގުގެ ތާވަލްގައި މިހާރު ބަޔާން އޮތީ އޮންނަން ބޭނުންވާ ހިސާބުގައި ނޫން ކަމަށެވެ.

ބަޔާން އޮތީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓާއެކު ތިން ވަނަ މަގާމުގައެވެ. އެއް ވަނަ މަގާމުގައި އޮތް ފްރެއިބާގަށް 12 ޕޮއިންޓު ލިބޭއިރު، ދެ ވަނަ މަގާމުގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ލިބެނީ 12 ޕޮއިންޓެވެ. ލީގު ތާވަލްގެ އެއް ވަނަ މަގާމަށް އަލުން އަރަން ބޭނުންނަމަ، ބަޔާންއަށް ޖެހޭނީ ކުރިއަށް އޮތް މެޗުން މޮޅުވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް