ކ. މާލެ
|
9 ސެޕްޓެންބަރ 2022 | ހުކުރު 07:08
އދ.އަތޮޅު މަދަރުސާގެ ހަތް ކްލާސްރޫމް، އޭވީ ރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރަނީ
އދ.އަތޮޅު މަދަރުސާގެ ހަތް ކްލާސްރޫމް، އޭވީ ރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރަނީ
އެޑިއުކޭޝަން މިނިސްޓްރީ
ސްކޫލް އިމާރާތް ބޮޑުކުރުން
ތިން ރަށެއްގެ ސްކޫލް އިމާރާތް ބޮޑުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި
ވ.އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޭ އެންޑް އެފް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑާއެކު ވަނީ ސޮއިކޮށްފައި
އދ.އަތޮޅު މަދަރުސާގެ 7 ކްލާސްރޫމް، އޭވީ ރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި
ބ.ތުޅާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ވަނީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި

ތިން ރަށެއްގެ ސްކޫލް އިމާރާތް ބޮޑުކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެގޮތުން ވ.އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޭ އެންޑް އެފް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑާއެކު ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. މިއީ 9,943,405.72 (ނުވަ މިލިއަން ނުވަ ލައްކަ ސާޅީސް ތިން ހާސް ހަތަރުސަތޭކަ ފަސް) ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އދ.އަތޮޅު މަދަރުސާގެ 7 ކްލާސްރޫމް، އޭވީ ރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. މިއީ 18,996,432.01 (އަށާރަ މިލިއަން ނުވަ ލައްކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ ތިރީސް ދެ) ރުފިޔާގެ މަޝްރޫއެކެވެ.

މީގެއިތުރުން ބ.ތުޅާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތްވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. 365 ދުވަސްތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކޮށްފައިވަނީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 12,433,844.77 (ބާރަ މިލިއަން ހަތަރު ލައްކަ ތިރީސްތިން ހާސް އަށް ސަތޭކަ ސާޅީސްހަތަރު) ރުފިޔާގެ މަޝްރޫއެކެވެ.

ސްކޫލްތަކުގެ ޖާގަ އިތުރުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން 1150 ކްލާސްރޫމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި 196 ކްލާސްރޫމް ނިމިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް