Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2022 | ހުކުރު 07:07
މޫސުން
މޫސުން
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހަފުތާ ބަންދުގައި ވައިގަދަވެ ކެރީގެ އަސަރުކުރާނެ
ހޮނިހިރު ދުވަހު މުޅި ރާއްޖެއަށްވެސް ކެރީގެ އަސަރުކުރާނެ
ހުކުރު ދުވަހު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިދަވާނެ

ހަފުތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ ކެރީގެ އަސަރުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިދަވާނެކަމަށެވެ. އަދި ދެކުނަށް ކެރީގެ އަސަރުކުރާނެކަމަށެވެ. ހޮނިހިރު ދުވަހު މުޅި ރާއްޖެއަށްވެސް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement

މީގެއިތުރުން މެޓް އޮފީހުން ބުނީ ހުކުރު ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އާދައިގެވަރަކަށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް