ކ. މާލެ
|
19 ޖޫން 2017 | ހޯމަ 12:12
މި ހާދިސާ އިނގިރޭސި ވިލާތުގެ ކައުންޓަރ ޓެރެރިޒަމް ކޮމާންޑުން ގެންދަނީ ތަހުގީގުކުރަމުން
މި ހާދިސާ އިނގިރޭސި ވިލާތުގެ ކައުންޓަރ ޓެރެރިޒަމް ކޮމާންޑުން ގެންދަނީ ތަހުގީގުކުރަމުން
ދި ޓެލެގްރާފް
ފިންސް ބަރީ ހަމަލާ
ލަންޑަންގެ މިސްކިތަކުން ފޭބި ބައެއްގެ ގައިގައި ވޭނަކުން ޖައްސައި އެކަކު މަރާލައިފި
ވޭން ދުއްވި އުމުރުން 48 އަހަރުގެ މީހާވަނީ ހައްޔަރުކޮށްފަ
މަރުވެފައިވަނީ ފިރެހެނެއް
10 މީހަކު ޒަޚަމްވެފައިވާއިރު އަށް މީހަކު ހޮސްޕިޓަލަށް ގެންދަން ޖެހުނު

ނޯތް ލަންޑަނުގެ ދެ މިސްކިތެއްގެ ކައިރީގައި އޮންނަ ހިނގާފައި އުޅޭ ސަރަހައްދަށް ދުއްވާފާއިދިއަ ވޭނެއް ވައްދާލައި ހިނގި ހާދިސާގައި އެކަކު މަރުވެ އިތުރު 10 މީހުން ޒަޚަމް ވެއްޖެ ކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ބުނެފިއެވެ.

ވޭން ދުއްވި އުމުރުން 48 އަހަރުގެ މީހާ، އެތަނުގައި ތިބި މީހުން ހިފަހައްޓާފައެވެ. އޭގެ ފަހުން ފިންސްބަރީ ޕާކްގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އާދީއްތަ ދުވަހުގެ ރޭ މެންދަމު ހިނގި މި ހާދިސާ އިނގިރޭސި ވިލާތުގެ ކައުންޓަރ ޓެރެރިޒަމް ކޮމާންޑުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މަންޒަރު ދުށް މީހުން ބުނީ ސެވެން ސިސްޓަރސް މަގުން މި ވޭން ދުއްވާފައި ދިޔައީ ނަމާދުން ފައިބައިގެން ނުކުތް މީހުންނާ ދިމާލަށް ކަމަށެވެ.

ޒަޚަމްވި މީހުންގެ ތެރެއިން އަށް މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އަނެއް ދެ މީހުންނަށް ފަރުވާ ދީފައިވަނީ ހާދިސާ ހިނގި ސަރަހައްދުގައި ކަމަށެވެ.

ވޭން ދުއްވަން އިން މީހާ ވެސް ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް