ކ. މާލެ
|
7 ސެޕްޓެންބަރ 2022 | ބުދަ 18:46
ރ. އުނގޫފާރު އިންޖީނުގެ ފެނަކައާ ރަސްމީކޮށް ހަވާލުކުުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރ. އުނގޫފާރު އިންޖީނުގެ ފެނަކައާ ރަސްމީކޮށް ހަވާލުކުުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ފެނަކަ
ރައްޔިތުންނަށް ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުން
ދެމެހެއްޓެނިވި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރ. އުނގޫފާރު ރައްޔިތުންނަށް ކަރަންޓު ލިބިގެންދާނެ: ސައީދު
ތަފާތު ތިން މަސް ދުވަހުގެ ތެރޭގައި ފެނިގެންދާނެ

މިއަދު މިގެނެވުނު ބަދަލާއި އެކު ދެމެހެއްޓެނިވި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރ. އުނގޫފާރު ރައްޔިތުންނަށް ކަރަންޓު ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިއަދު ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތައް މިހާ ހިސާބަށް އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

މިއަދު ދެ އުފަލެއް ހާސިލްވެގެންދާ ކަމަށާއި އެއްކަމަކީ 2008 ވަނަ އަހަރު ފެށި މަސައްކަތް ނިމުމަކަށް ގެނެވޭ ދުވަސް ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެކުރިން ރާއްޖޭގެ އިންޖީނުގެތަކަކީ ބަލަދުވެރިޔެއް ނެތް ބައެއް ކަމަށާއި ނަމަވެސް އެމްޑީޕީ ވެރިކަމަށް އައުމަށްފަހު އެކަން ބަދަލުވެގެންދިޔަ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ފެނަކައިން ހިންގާ އެއްވެސް ރަށެއްގައި މުވައްޒަފުން ބިކަވެ، މަސައްކަތް ކުރާނެ މާހައުލެއް ނެތިގެން އުޅެން ނުޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ކަމެއް ކުރި ވާހަކަ ބުނުމުން އެއީ ހުޝާމަދު ކުރުން ކަމުގައި ވިޔަސް، ރައީސް ސާލިހުގެ ސިޔާސަތުތައް ހަރުދަނާކަން ފާހަގަކުރައްވާ ސައީދު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ކަރަންޓުގެ ނިޒާމު ފެނަކައާއި ހަވާލުކުރުމުން ރައްޔިތުންގެ ހިތުގައި ވަރަށް ބައިވަރު ސުވާލުތައް އުފެދޭނެ ކަމަށާއި އެ ސުވާލުގެ ޖަވާބު ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެ ތަފާތު ތިން މަސް ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ ވަކި ފިކުރަކަށް ބެލުމެއްނެތި ރައްޔިތުން ބޭނުންވާ އަސާސީ ޙިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

- ކޮމެންޓް