ކ. މާލެ
|
19 ޖޫން 2017 | ހޯމަ 06:37
ލަންޑަންގެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
ލަންޑަންގެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
ޓްވިޓަރ
ލަންޑަނަށް ދިން ހަމަލާ
ލަންޑަންގެ މިސްކިތެއް ކައިރީ މީހުން ގިނަވި ވަގުތު ވޭނަކުން މީހުންގެ ގައިގައި ޖައްސައި ޒަހަމްކޮށްލައިފި
މި ހަމަލާގައި މީހަކު މަރުވިކަން ކަށަވަރެއްނުވޭ
ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން
ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭ

ލަންޑަނުގައި ހުރި މިސްކިތެއް ކައިރީ މީހުން ގިނަވި ވަގުތު ވޭނެއްގައި މީހުން ގައިގައި ޖައްސައިފި އެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތައް އަދި ވީޑިއޯތަކަށް ބަލާއިރު ހަމަލާ ދީފައިވަނީ ހުދުކުލައިގެ ވޭނަކުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަމަލާދިން ޑްރައިވަރު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ހައްޔަރުކުރި ވީޑިއޯ އަދި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

 

މި ހަމަލާގައި އެތައް ބަޔަކު ޒަހަމްވެފައިވާއިރު، ސަލާމަތީކަންކަން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުންދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިސްކިތް ހުންނަ ސަރަހައްދު ބަންދުކޮށްފައިވާއިރު، ގިނަ އަދަދެއްގެ އެމްބިއުލާންސްތައްވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ރޯދަމަހާ އަމާޒުކޮށް ގިނަ އަދަދެއްގެ މުސްލިމުން އެއްވާ ސަރަހައްދަކަށް ހަމަލާދީފައިވާއިރު، މިއީ ސީދާ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާއެއްކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއްވެސް ނުވެއެވެ. މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވެ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް