Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
5 ސެޕްޓެންބަރ 2022 | ހޯމަ 13:35
މިހާރު ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ
މިހާރު ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ
ކުޅުދުއްފުށި ސިޓީ ކައުންސިލް
ކުޅުދުއްފުށީގައި ފެންބޮޑުވުން
މިހާރު ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީގައި ފެންބޮޑުވެއްޖެ
މިހާތަނަށް 5 ވަރަކަށް ގެއަށް ފެންވަދެގެން ކައުންސިލަށް ވަނީ ރިޕޯރޓްކޮށްފައި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.

Advertisement

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި، ޕަބްލިކް ވާކްސް އަދި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުން - ކުޅުދުއްފުށި ސިޓީ ކައުންސިލް

ކައުންސިލުން ބުނީ މިހާތަނަށް 5 ވަރަކަށް ގެއަށް ފެންވަދެގެން ރިޕޯޓު ލިބިފައިވާކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުން ބެލުމަށް އެސެސްމެންޓް ހެދުމަށް ކައުންސިލްގެ ޓީމެއް ހަރަކާތްތެރިވަމުން ދާކަމަށް ކައުންސިލުން ބުނެއެވެ.

މީގެ ކުރިންވެސް ބޯކޮށްވާރޭވެހި ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް އާންމުންނަށްވަނީ ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް