ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 09:41
އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ
އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ
ސައުދީގެޒެޓް
ސައުދީ އެހީ
ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ ބޭނުން ކުރުމަށް ސައުދީ އަރަބިއްޔާއިން ދީލަތި އެހީއެއް ވެދީފި
ސައުދީ އަރަބިއްޔާއިން ވެދިނީ 3.5 މިލިއަން ޑޮލަރުގެ އެހީއެއް

ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ ބޭނުން ކުރުމަށް ބާރު އަޅާހާލު، އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ އައިއޭ.އީ.އޭއިން ހިންގާ މުހިންމު ދެ ޕްރޮގްރާމަކަށް ސައުދީ އަރަބިއްޔާ އިން 3.5 މިލިއަން ޑޮލަރުގެ އެހީއެއް ވެދީފި އެވެ. މިގޮތުން މުހިންމު ދެކަމަކަށް ވަނީ ފައިސާގެ އެހީ ވެދީފައެވެ. އެތަނުން އެއް އެއްކަމަކީ އޮސްޓްރިޔާގެ ސައިންބަރސްޑޯފްގައި ހުންނަ އައިއޭ.އީ.އޭގެ ބޮޑު ލެބޯޓަރީގެ މަސައްކަތް އިތުރަށް ތަރައްގީކޮށް ނިއުކްލިއަރ ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުން ކުރެވޭނެ އެހެން ގޮތްތައް ހޯދުމަށް ވެދިން 2.5 މިލިއަން ޑޮލަރުގެ އެހީ އެކެވެ. މި އެހީގެ ދަށުން ނިއުކްލިއަރ ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުން ކުރުމަށް މަގުފަހި ކުރުމަށް އައި.އޭ.އީއޭގެ މެމްބަރު ގައުމުތަކަށް ވެސް އެހީ ފޯރުކޮށްދެވޭނެއެވެ.

ސައުދީ އަރަބިއްޔާއިން އެހީ ފޯރުކޮށްދިން ދެވަނަ ދާއިރާއަކީ ޒޫނޮޓިކް، ނުވަތަ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމަށް ނިއުކްލިއަރ ޓެކްނީކުތައް ބޭނުންކޮށްގެން ހައްލު ހޯދުމަށް އައިއޭ.އީ.އޭ އިން ފަށާފައިވާ މަސައްކަތަށް ދިން އެއްމިލިއަން ޑޮލަރުގެ އެހީ އެކެވެ. އެފަދަ ބަލިތައް ފެތުރުން ހުއްޓުވުމުގެ އިތުރުން އެފަދަ ހާލަތެއްގައި ތައްޔާރީ ހާލަތަކަށް އައުމަށް ވެދޭ އެހީ ވެސް މީގެ ތެރޭގައި ހިމެނެއެވެ.

- ކޮމެންޓް