ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 06:33
 އެމްއެންޑީއެފުން މަގުތަކުގެ ފެން ހިއްކަނީ
އެމްއެންޑީއެފުން މަގުތަކުގެ ފެން ހިއްކަނީ
ރާއްޖެއެމްވީ
ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ
ފ.ނިލަންދޫގެ މަގުތަކުގައި ފެންބޮޑުވެ، އެމްއެންޑީއެފުން ނުކުމެ މަގުތަކުގެ ފެން ހިއްކައިފި
ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުން
ފ.ނިލަންދޫގެ މަގުތަކުގައި ފެންބޮޑުވެފަައި ވަނީ އާދިއްތަ ދުވަހު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރުކޮށް، ފ.ނިލަންދޫގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެ ރަށުގެ މަގުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެއެންޑީއެފް އިން ބުނީ ސެޕްޓެމްބަރު 4 ވަނަ ދުވަހު ކުރި ވިއްސާރައިގައި ފ.ނިލަންދޫގެ މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށާއި، އެ ރަށުގައި ހުންނަ އަތޮޅު ފިހާރަބަރި ކައިރީގައި ހެދުނު ފެންގަނޑު ހިއްކުމުގައި ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން  ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން ޕަންޕު ޖައްސައިގެން، ފެންގަނޑު ހިންދުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގައި ބޮޑުވެފައި އޮތް ފެންގަނޑު ހިއްކާ ނިމިފައިވަނީ އާދިއްތަ ދުވަހުގެ 18:45 ހާއިރުކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. ހަމައެއާއެކު، އެ ރަށު މަގުތަކުގައި ފެންބޮޑުވެ އެ ރަށުގެ އެއް ގެއަށް ފެނުގެ އަސަރުކޮށްފައި ވާތީ، އެ ގޭގައި ވެލި ބަސްތާ ޖެހުމުގައި ވެސް ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން  ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ބައެއް ހިސާބުތަކަށް އުދައިގެ އަސަރުވެސް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް